އެމްއެންޕީގެ ޕީޖީ ގުރޫޕުގެ ލީޑަރަކަށް ރިޔާޒް، ނައިބަކަށް އުޝާމް

އެމްއެންޕީގެ ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޑަޔާޓް މުހައްމަދު ނާޒިމް އަދި އެމްއެންޕީގެ ޕާޖީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒް --- ސަން ފޮޓޯ / އަހުމަދު އައިމަން އަލީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީގެ) ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަދި ނައިބަކަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ހަމަޖައްސައިފިއެވެ.

މެންބަރު އުޝާމް ވަނީ "ސަން"އަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމާއެކު ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީގެ ނަން ރަސްމީކޮށް މިހާރު ވަނީ ހިމަނާފައެވެ.

މަޖިލީހުގައި އެމްއެންޕީ ތަމްސީލު ކުރާ ތިން މެންބަރުން މިހާރު އެބަތިއްބެވެ. އެއީ ރިޔާޒާއި އުޝާމްގެ އިތުރުން އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްއެވެ.

އެމްއެންޕީ، ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

comment ކޮމެންޓް