ޖުމްލަ 173 ޕޮޒިޓިވް ކޭހާއެކު އަތޮޅުތަކުން ޕޮޒިޓިވްވި އަދަދު 100އިން މައްޗަށް

ފެބްރުއަރީ 3، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 3,685 ސާމްޕަލްގެ ތެރެއިން 173 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 137 މީހަކާއި މާލެއިން 27 މީހުންނެވެ.

މީގެ އިތުރުން، ރިސޯޓުތަކުން ނުވަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،651 އެވެ.

މި ބަލީގައި26 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 87،359 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 85،453 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ ޖުމްލަ 242 މީހުންނެވެ.

comment ކޮމެންޓް