Dhiraagu
Ooredoo

މުއިއްޒު އުޅުއްވަނީ ރައްޔިތުންނަށް އޮޅުވައިލައި، ފިތުނަ އުފައްދަވަން: ޔައުގޫބް

މެންބަރު ޔައުގޫބް އަބްދުﷲ-- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ހިޔާ މަޝްރޫއުގެ އޮޑިޓް ރިޕޯޓާ ގުޅިގެން، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ADK GENERAl

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވާ ހިޔާ ފްލެޓާ ގުޅޭ މައްސަލައަށް ބަހުސް ކުރައްވަމުން ޔައުގޫބް ވިދާޅުވީ މިހާތަނަށް އެމްޑީޕީ ސަރުކާރުގައި އޮޑިޓާ ޖެނެރަލުން ނެރުނު އެއްވެސް އޮޑިޓް ރިޕޯޓެއް ސަރުކާރުން ވެސް އަދި މަޖިލީހުން ވެސް ދޮގުކޮށްފައި ނުވާ ކަމަށެވެ.

"އެ ރިޕޯޓު ދޮގުކޮށް، އެ ރިޕޯޓަކީ ސިޔާސީ ރިޕޯޓެއްގެ ގޮތުގައި ސިފަކޮށް، އޮޑިޓާ ޖެނެރަލްގެ އޮފީހާއި އެ ތަނުގެ މުވައްޒަފުންގެ ކްރެޑިބިލިޓީ ގެއްލޭ ގޮތަށް އެއްވެސް ވާހަކައެއް ދައްކައިފައެއް ނެތް،" ޔައުގޫބް ވިދާޅުވިއެވެ.

މިކަން ފާހަގަކުރައްވައި ޔައުގޫބް ވިދާޅުވީ ޕީޕީއެމްއާ ގުޅުން ހުރި އޮޑިޓް ރިޕޯޓެއް ނެރެފިނަމަ، އޮޑިޓް އޮފީސް ގޯސްވާ ހިސާބަށް ދާ ކަމަށެވެ.

ޔައުގޫބް އިތުރަށް ވިދާޅުވީ ހިޔާ ފްލެޓާ ގުޅޭ އޮޑިޓް ރިޕޯޓަށް ބަލާލުމުން، މޭޔަރު މުއިއްޒު މިހާތަނަށް ދައްކަވަމުން އައީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަން ހާމަވެގެން ދާ ކަމަށެވެ.

"މި ވީހާ ދުވަހު، މާލޭ ސިޓީގެ މޭޔަރު މި ދައްކަމުން ދިޔަ ވާހަކައަކީ ރައްޔިތުންނަށް އޮޅުވައިލައި، ރައްޔިތުންގެ ތެރޭގައި ފިތުނަ އުފެއްދުމަށް ކަނޑައެޅިގެން ކަންކަންވި ނުވަތަ ކަންކަން ކުރި ގޮތް އެނގި ހުރެމެ، ފިތުނަ އުފައްދަން ގަސްތުގަ ނުވަތަ ގަސްތުގަ ދެއްކި ވާހަކަތަކެއްގެ ގޮތުގަ އަޅުގަނޑަށް ސިފަ ވަނީ،" ޔައުގޫބް ވިދާޅުވިއެވެ.

ހިޔާ ފްލެޓުގެ އޮޑިޓް ރިޕޯޓަށް އަލި އަޅުވައިލައި ޔައުގޫބް އިތުރަށް ވިދާޅުވީ ކޮންމެ ޔުނިޓެއްގެ އިންޓްރެސްޓްގެ ގޮތުގައި މަހަކަށް 415 ރުފިޔާގެ ރޭޓުން 240 މަހަށް ބަހައިފައި، ޔުނިޓަކަށް އިންޓްރެސްޓް ގޮތުގައި 99 ހާސް ރުފިޔާ ކަނޑައެޅައިފައިވާ ކަމަށެވެ.

"7000 ޔުނިޓަށް ބަހާލީމާ 98 މިލިއަން ރުފިޔާ އެއީ އިންޓްރެސްޓް. އެކަމަކު އެ ރިޕޯޓުގަ އެބައިން މިހާރު 2021 ވަނަ އަހަރުގެ 31 މާޗްގެ ނިޔަލަށް 888 މިލިއަން ރުފިޔާ އިންޓްރެސްޓްގެ ގޮތުގަ ދެއްކި ވާހަކަ، އެކަމަކު މުއިއްޒު އެ ވިދާޅުވަނީ ޖުމްލަ ދައްކަން ޖެހޭނީ ޔުނިޓަކަށް 99000 އޭ. އެހެންވީމާ އެ ހިސާބުތައް ބައްލަވާލީމަ ވެސް އެބަ އިނގޭ އެނގި ހުރި ގޯސް ހަދަނީ ކަން،" ޔައުގޫބް ވިދާޅުވިއެވެ.

މީގެ އިތުރުން 1000 ފްލެޓަށް ވާ 1.3 ބިލިއަން ރުފިޔާ ނަގައިފައިވާ ކަން ރިޕޯޓުން ހާމަވާ ކަން ޔައުގޫބް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީ މެންބަރުން ވަނީ ހިޔާ މަޝްރޫއާއި ރައީސް ޔާމީންގެ އިތުރުން މާލޭ މޭޔަރު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަދައްކަވައިފައެވެ.

Redstar
comment ކޮމެންޓް

comment ހަސަނާ

3 year 6 month ago

ކައުންސިލް އިންތިޚާބުގަވެސް ތިހެން ގޮވަމުން ކަލޭމެން ދުވި. މުއިއްޒުއަށް ނުގޮވާކަ އެއްޗެއް ނެތް. އެކަމަކު ކަލޭމެންގެ ގޮވެލި ރައްޔިތުން އަޑު ނާހާކަން އޭރުވެސް އެއޮތީ ދައްކަދީފަ. ދެންވެސް ނފލ މަޑުން ތިބޭ. ރައްޔިތުން ބަލައިނުގަނޭ ތި ވަގުންތަކެއް.

comment ކޮކާ

3 year 6 month ago

މާއްކޫ އޮޑިޓަރު އުޅެނީ ވައްކަން ކުރަން؟

comment ކަޅަހަނދި

3 year 6 month ago

ވަގަހިފަނީ ވަގަހިފަނީ

comment ފަވާ

3 year 6 month ago

މޯލްޑިވުސް ޑިސްޓުރަކްޝަން ޕާޓީ ބޭނުމެއް ނުވޭ ހިޔާފުލެޓުތަކުގެ ކުލި ހެޔޮ ކުރާކަށެއް. މިއީ ހަގީގަތް.

comment އިގްބާލް

3 year 6 month ago

އަމިއްލައަށް އޮޑިޓަރު ހެދިގެން ކޮންފްލިކްޓް އޮފް އިންޓްރެސްޓްވެސް ދެނެނުގަނެވުނު މީހާ ކޮން އަނގައެއްތަޅާކަށް.

comment ނުކިޔަވާ މީހަ

3 year 6 month ago

މީދެން ހަޔާތް ކުޑަކަމުގެ އިންތިހާ!!! މީގެ އަނގައަކުންނާރާނެ!!!!

comment ސައުދު

3 year 6 month ago

ޔައުގޫބު ކަލޭތީ އޮޅުވާލާ މީހެއްނޫން! ދާދިފަހުންފަހުން އެކަންވަނީ އެގިގެން ގޮސްފައި! އަގަނަޑުކޮށް ހުންނަށްވީއެއްނޫން!

comment ޤާދިރު

3 year 6 month ago

ވަގު ހިފަން މަޖިލީހަށް އައި މައްކޮއޮޑިޓަރ ތި ވަނީ ފޭލްވެފައި. ކޮން އަނގައެއް ތަޅާކަށް.

reply ސަރާ

3 year 6 month ago

ޙަގީގަތް ވާނީ ހަމަ ހަގީގަތަށް، އަދުލުވެރި ވެރިޔަކު ދައުލަތުގެ ފައިސާއިން މިފަދަ ޖަރީމާތަކެއް ނުހަދާނެ. އެއީ ނުވާކަމަކަށް ހަދަން އުޅުނުނަސް އެކަމެއް ނުވާނެ.

comment ާޒު

3 year 6 month ago

ފިތުނަ އުފައްދަން ކަލޭމެން ވަރެއް ނުހުންނާނެ އަދިވެސް އޮޑިޓް ކޮށް ނުނިމެނީތަ؟

reply ކޮކާ

3 year 6 month ago

ހަކުރު ކިލޯ 18 ރުފިޔާއަށް. މިހެން ބުނީމަ ރުޅި އަންނާނެ. އެއަކު މަކުރާނެ ކަމެއް ނެތް.

reply މާކަނާ

3 year 6 month ago

ކުރި ވައްކަމުގެ ވާހަކަ ދެއްކުމަކީ ފިތުނަ އުފެއްދުންތަ؟ ޥެލިފުންޏެއް ނަގަން 27 މިލިޔަން، އައިޖީއެމް އިމާރާތް ކުރަހަން 17 މިލިޔަން. މިވާހަކަ ނުދައްކާ ތިބެންވީ ދޯ؟