އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އީއެންޓީގެ އޮޕަރޭޝަން ކުރަން ފަށައިފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) --

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ކަރުން މަތީގެ ހާއްސަ އޮޕަރޭޝަންތައް ކުރަން ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ކަރުން މަތީގެ ބަލިތަކުގެ ހާއްސަ އޮޕަރޭޝަންތައް ފަށާފައިވަނީ މިއަދެވެ. އެއާއެކު އެ ހޮސްޕިޓަލުގައި ކަރުން މަތީގެ އޮޕަރޭޝަންތައް ކުރާ ސާޖަން ޑރ. އައިޝަތު އަލީ ވިދާޅުވީ އީއެންޓީގެ އޮޕަރޭޝަންތައް ފެއްޓުމަކީ ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި އުންމީދަކީ މުސްތަގުބަލުގައި ވެސް އިތުރު ކުރިއެރުންތައް ލިބުން ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެން ކަރުން މަތީގެ އާންމު ހުރިހާ އޮޕަރޭޝަންތަކެއް ކުރަން. އޭގެ ތެރޭގައި ޓޮންސިލް އަދި އެޑަނޮއިޑް އޮޕަރޭޝަން ކުރަން،" ޑރ. އައިޝަތު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ލޮލުގެ އާންމު އޮޕަރޭޝަންތަކާއި ތައިރޮއިޑް އޮޕަރޭޝަން ފަދަ އިތުރު ގިނަ އޮޕަރޭޝަންތައް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އައިޝާއަކީ މި ދާއިރާގައި 21އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާއާއެކު މަސައްކަތްކުރަމުން އަންނަ ޑޮކްޓަރެކެވެ.

އެ ހޮސްޕިޓަލުގައި އޮޕަރޭޝަން ކުރުމުގައި މަސައްކަތްކުރާނީ އެންމެ ތަޖުރިބާ ހުރި ޑޮކްޓަރުންނެވެ. އެގޮތުން މި ދާއިރާގައި 12 އަހަރުގެ ތަޖުރިބާ ހުރި ޑރ. ޑިޕެންޑުރާ ގައުތަމް ވެސް ހިމެނެއެެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހުޅުވައި ހިދުމަތް ދޭން ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެއާއެކު މިއަދު އެ ހޮސްޕިޓަލުން އަންނަނީ ޓާޝަރީ ފެންވަރުގައި ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް