ހުޅުމާލޭގެ 1000 ފްލެޓެއްގައި ސޯލާ ޕެނަލް ހަރުކުރަނީ

ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގެ 1000 ފްލެޓެއްގައި ސޯލާ ޕެނަލް ހަރުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފިއެވެ.

އެޗްޑީސީން ބުނީ އެންމެ ފުރަތަމަ ކުރިއަށްދާނީ ސޯލާ ޕެނަލް ހަރުކުރުމަށް ހަމަޖެހިފައިވާ ފްލެޓުތަކުގެ ފުރާޅުތައް އިންސްޕެކްޓުކުރުމުގެ މަސައްކަތްކަމަށެވެ.

އެގޮތުން ބައެއް ފްލެޓްތަކުގެ ފުރާޅު އިންސްޕެކްޓުކުރުމުގެ މަސައްކަތް ވަރަށް

‎ހުޅުމާލެ 1000 ފުލެޓުގައި ސޯލާޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ބައެއް ފުލެޓުތަކުގެ ފުރާޅުގެ އިންސްޕެކްޝަނެއް ހެދުމަށް މިއަދު ވެސް ފަށާފައިވާކަމަށް ބުންޏެވެ.

އިންސްޕެކްޝަން ހަދާނީ ބްލޮކް 84، 91، އަދި 121 ގެ ފުރާޅުތަކުގައެވެ. އިންސްޕެކްޓުކުރުމުގެ މަސައްކަތް ކުރިއަށް ދާނީ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން ހަވީރު 5:00 އާ ދެމެދެވެ.

‎އެޗްޑީސީން ބުނީ ފުރާޅު އިންސްޕެކްޝަން ކުރިއަށްގެންދާނީ ކެރޭނެއް ބޭނުންކޮށްގެން ކަމަށެވެ. އަދި އެއްވެސް ފުލެޓެއްގެ ތެރެއަށް އިންސްޕެކްޝަން ޓީމުން ނުވަންނާނެކަމަށް ވެސް ބުންޏެވެ.

ހުޅުމާލެ ޒަމާނީ ޓެކްނޮލޮޖީ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސްމާޓް ސިޓީ ކޮންސެޕްޓަށް ހުޅުމާލެ ތަރައްގީކުރުންކަމަކީ އެޗްޑީސީގެ އަމާޒެއްކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް