ޖުމްލަ 55 ކޭހާއެކު މާލޭ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް ދެ ޕަސެންޓަށް އިތުރުވެއްޖެ

ފެބްރުއަރީ 3، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 3،063 ސާމްޕަލްގެ ތެރެއިން 55 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 21 މީހަކާއި މާލެއިން ވެސް 21 މީހުންނެވެ. އެއާއެކު މާލޭ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް ވަނީ ދެ ޕަސެންޓަށް މަތިވެފައެވެ.

މީގެ އިތުރުން، ރިސޯޓުތަކުން 13 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،322 އެވެ.

މި ބަލީގައި 18 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 86،605 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 85،030 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ ޖުމްލަ 240 މީހުންނެވެ.

comment ކޮމެންޓް