ގުރައިދޫ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ މަޝްރޫއު ނިމިއްޖެ

ކ. ގުރައިދޫ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނިމުން -- ފޮޓޯ/ އެމްޓީސީސީ

ކ. ގުރައިދޫ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫއު ތެރޭގައި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ އިތުރުން ހިއްކި ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދިޔަ މި މަޝްރޫއަށް ހަރަދުވީ ޖުމުލަ 13.4 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން 1.7 ހެކްޓަރުގެ ބިންހިއްކުމާއި، 278 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން 160 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

comment ކޮމެންޓް