މާލެއިން 38 ޕޮޒިޓިވް ކޭހާއެކު މިއަދުގެ ޖުމްލަ ކޭސްތައް 95ގައި

ފެބްރުއަރީ 3، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 3,832 ސާމްޕަލްގެ ތެރެއިން 95 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 55 މީހަކާއި މާލެއިން 38 މީހުންނެވެ.

މީގެ އިތުރުން، ރިސޯޓުތަކުން ދެ މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،337ކެވެ.

މި ބަލީގައި 15 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 86،419 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 84,856 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ ޖުމްލަ 239 މީހުންނެވެ.

comment ކޮމެންޓް