އޮޑިޓާ ޖެނެރަލްގެ އޮފީހަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

އޮޑިޓާ ޖެނެރަލްގެ އޮފީހަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ދޫކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އޮޑިޓް އޮފީހުގެ ބަޖެޓް މިއަދު ފާސްކުރީ ޖަލްސާއަށް އެވަގުތު ހާޒިރުވެ ތިއްބެވި 50 މެންބަރުންގެ ތެރެއިން 49 މެމްބަރުންގެ ވޯޓުންނެވެ.

އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަން ނިންމާފައިވަނީ ހުޅުމާލޭގައި އަލަށް އިމާރާތްކުރަން ހަމަޖެހިފައިވާ އިމާރާތަށެވެ. އެ އިމާރާތަށް ހަރަދުކުރަން ކަނޑައަޅާފައިވަނީ ޖުމުލަ 30 މިލިޔަން ރުފިޔާއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރު ކަނޑައަޅާފައިވާ 90 މިލިއަން ރުފިޔާގެ ތެރޭގައި ރިކަރަންޓް ހަރަދާއި އަދި އޮފީސް ހިންގުމަށް ޓަކައި ބޭނުންވާނެ ތަކެތި ގަތުމަށް، 60.3 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

މީގެ އިތުރުން ޕީއެސްއައިޕީގެ ގޮތުގައި 30 މިލިއަން ރުފިޔާ ކަނޑައަޅަފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓްގެ ގޮތުގައި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ދޫކުރަން މިއަދު ފާސްކުރި 90 މިލިއަން ރުފިޔާއަކީ މިއަހަރު ދޫކޮށްފައިވާ ބަޖެޓަށްވުރެ، ނުވަ މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެގޮތުން އޮޑިޓާ ޖެނެރަލް އޮފީހަށް މި އަހަރު ދޫކޮށްފައިވަނީ 81.7 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް