އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

އައްޑޫ ސިޓީ، ހިތަދޫގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއްގެ ތެރެއިން: މިރޭ އެ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ މަރުވެފައި -- 

އައްޑޫ ސިޓީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ ދަންވަރު އައްޑޫ ސިޓީ ހިތަދޫގައެވެ.

މައުލޫމާތު އެނގޭ ފަރާތަކުން 'ސަން' އަށް ބުނީ, ޒުވާނާ އެކްސިޑެންޓްވީ ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުކުރެވި ފާރެއްގައި ޖެހިގެން ކަމަށެވެ. ސައިކަލުގައި އިނީ އޭނާ އެކަންޏެވެ.

އައްޑޫ ސިޓީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެފައިވާކަން, އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަގެ އޮފިޝަލަކު ވަނީ ސަން އަށް ކަށަވަރުކޮށްދެއްވާފައެވެ. މިރޭ އެކެއް ޖަހަން ވެފައި ވަނިކޮށް ގެނައި އުމުރުން 24 އަހަރުގެ އެ ޒުވާނާ މަރުވެފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މަރުވި ޒުވާނާގެ ބޮލަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

comment ކޮމެންޓް