215 ކިލޯ ހެރޮއިން: ދެ މީހުންގެ ބަންދަށް 15 ދުވަސް

ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ ހެރޮއިން ހޯދާފައިވާ ކަމަށް -- ފޮޓޯ/ ޕޮލިސް

މިދިޔަ ހުކުރު ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ ހެރޮއިންއާ އެކު ހައްޔަރުކުރި ދެ މީހަންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި މެރިން ޕޮލިސް އާއި ފޮރެންސިކްސް އަދި ރ. އަތޮޅު ފުލުހުންނާ ގުޅިގެން މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގާތްގަނޑަކަށް 215 ކިލޯގެ ހެރޮއިން ހޯދައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައައެވެ.

އެ މައްސަލައާ ގުޅުގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް, ރ. މަޑުއްވަރީ ކޯޓުން އިއްޔެ 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހުކުރު ދުވަހު 215 ކިލޯގެ ހެރޮއިން އަތުލައިގަނެފައިވާއިރު އޭގެ ކުރިން ދުވަހު ވަނީ 100 އެއްހާ ކިލޯގެ ހެރޮއިން ވެސް އަތުލައިގަނެފައެވެ. އެ މައްސަލައާ ގުޅިގެން 10 މީހުން ހައްޔަރު ކުރި އިރު އެންމެ އިސް ދެ މީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް