4،284 ސާމްޕަލްގެ ތެރެއިން 106 މީހުން ޕޮޒިޓިވް

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 4,284 ސާމްޕަލްގެ ތެރެއިން 106 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 78 މީހަކާއި މާލެއިން 21 މީހުންނެވެ.

މީގެ އިތުރުން، ރިސޯޓުތަކުން ހަތް މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،207 އެވެ.

މި ބަލީގައި 14 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. ބަލި ޖެހުނު މީހުންގެ އަދަދު 85،،838 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 84،381 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއަދާ ހަމައަށް ކޮވިޑް ބަލީގައި ރާއްޖެއިން މަރުވެފައިވަނީ ޖުމްލަ 237 މީހުންނެވެ.

comment ކޮމެންޓް