އޭ ލެވެލް ޓޮޕް ޓެން ޖަލްސާ އާދީއްތަ ދުވަހުގެ ރޭ ބާއްވަނީ

ޓޮޕްއެޗީވާޒް އެވޯޑް ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ދެހާސް ނަވާރަ ވަނަ އަހަރުގެ "ޓޮޕް އެޗީވާސް" އެވޯޑް ދިނުމުގެ ރަސްމިއްޔާތު އާދީއްތަ ދުވަހުގެ ރޭ ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާދީއްތަ ދުވަހުގެ ރޭ 8:00ގައި ޖަލްސާ އޮންނާނީ އަމީނިއްޔާ ސްކޫލުގައި ކަމަށެވެ.

އެ ޖަލްސާ ޝަރަފްވެރިކޮށް ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

"ޓޮޕް އެޗީވާސް" ޖަލްސާއަކީ އޭލެވެލް ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް ދޭ އެވޯޑެކެވެ.

މި ޖަލްސާ ޓީ.ވީ.އެމް އިން ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މި ޖަލްސާ މިދިޔަ އަހަރު ނުބާއްވައެވެ.

comment ކޮމެންޓް