ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

އައްޑޫ ސިޓީ-- ފޮޓޯ/ ފޭސްބުކް

ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން އައި މީހަކު އައްޑޫއިން މަރުވެއްޖެއެވެ.

އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ މި މީހާ އަކީ ހާލު ދެރަ ވުމުގެ ސަބަބުން ފުވައްމުލަކުން އިކުއޭޓްރިއަލް ހޮސްޕިޓަލަށް އިތުރު ފަރުވާ ދިނުމަށް ގެންދެވުނު މީހެއް ކަމަށެވެ.

މި މީހާ އައްޑޫ އަށް ގެންދެވުނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މަރުވެފައިވަނީ އުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާ މަރުވެފައިވަނީ މިއަދު ހެދުނު 07:50 ހާއިރުކަމަށް އައްޑޫ އިކުއޭޓްރިއަލް ހޮސްޕިޓަލުން ބުންޏެވެ.

މި މީހާގެ މަރާއެކު މިއީ އައްޑޫ ސިޓީގައި ކޮވިޑް ޖެހިގެން މަރުވި ހަތަރު ވަނަ މީހާއެވެ. އަދި ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 233 އަށް އަރާފައެވެ.

އައްޑޫ ސިޓީގައި އިއްޔެ ކޮވިޑް-19 އަށް އިތުރު 14 މީހަކު ޕޮޒިޓިވްވެފައިވާއިރު، ޖުމްލަ 1590 މީހުން އެ ސިޓީއިން އެކަނި ވެސް މި ބައްޔަށް މިހާރު ވަނީ ޕޮޒިޓިވް ވެފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ވަނީ 70 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

comment ކޮމެންޓް