ނަމާދަށް ތިއްބާ އިސްލާމީ މަރުކަޒުގެ ތެރެއަށް މީހަކު ކުޑަކަމުގޮސްފި

އިސްލާމީ މަރުކަޒު — ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ މަޣްރިބް ނަމާދުގެ ޖަމާއަތުގައި މީހުން މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒުގައި) ތިއްބާ އިސްލާމީ މަރުކަޒަށް ވަދެ މީހަކު ކުޑަކަމު ގޮސްފިއެވެ.

ފުލުހުން ބުނީ ނަމާދަށް ތިއްބާ މީހަކު މިސްކިތުގެ ތެރެއަށް ވަދެ ކުޑަކަމުގޮސްފައިވާކަމުގެ މައްސަލައެއް ފުލުހުންނަށް މިރޭ ހުށަހަޅައިފައިވާކަމަށެވެ.

އަދި އެ މީހާ މިއަދު ރައީސް އޮފީހުގެ ކުރިމައްޗަށާއި ހުކުރު މިސްކިތުގެ ތެރެއަށް ވެސް ކުޑަކަމުގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.

ހަމައެއާއެކު އެއީ ނުކުޅެދުންތެރިކަން ހުރި މީހެއްކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ ގިނަ ކަންތައްތަކެއްގެ މައްސަލަ މީގެ ކުރިން ވެސް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލުގައި ފިރިހެނެއް ވަން މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެެވެ. އެއާއެކު އެއީ ވެސް ނަފްސާނީ މައްސަލައެއް ހުރި މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް