ދިރާގުން ފޯރުކޮށްދޭ މޮޮބައިލް އިންޓަނެޓް ޕެކޭޖްތަކަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑްވްސް އިން ހުއްދަ ދީފައިވާ ގޮތަށް މާދަމާ އެ ޕެކޭޖުތަކަށް ބަދަލު ގެންނާނެ ކަމަށް ދިރާގުން ބުނެފިއެވެ.
އެގޮތުން، ދިރާގުގެ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކުން 29 ޕަސެންޓާ ހަމައަށް އިތުރު އެލަވަންސް ލިބިގެން ދާނެއެވެ. އެގޮތުން، 22 ޕަސެންޓާ ހަމައަށް ޑޭޓާގެ އަގު ހެޔޮވާނެއެވެ.
އަދި ދިރާގު ޕްރިޕެއިޑް ކޮމްބޯ ޕްލޭންތަކަށް 36 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބޭނެއެވެ. އަދި، 33 ޕަސެންޓާ ހަމައަށް ކޮމްބޯ ޕްލޭންތަކުގެ ޑޭޓާގެ އަގު ހެޔޮ ވެގެން ދާނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.
އެލްޓީއީ ބްރޯޑްބޭންޑް "ވަގުތުން ގެއަށް އިންޓަނެޓް" ޕެކޭޖްތަކަށް 30 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބޭނެއެވެ. މީގެ އިތުރުން، އިންޓަނެޓްގެ ސްޕީޑް 10 އެމްބީޕީއެސް އިން 25 އެމްބީޕީއެސް އާ ހަމައަށް އިތުރު ވެގެންދާނެއެވެ.
މި ބަދަލާ އެކު ކަސްޓަމަރުންނަށް އިތުރު ހަރަދެއް ދިނުމަކާ
ނުލާ ގިނަ ކަންތައްތަކެއް ފަސޭހައިން އިންޓަނެޓް މެދުވެރިކޮށް ކުރެވޭނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ. އަދި ކޮންމެ ޖީބީއަކަށް ދާ ހަރަދު ނިސްބަތުން ހެޔޮ ވެގެންދާނެއެވެ.
މޮބައިލް އިންޓަނެޓް ޕްކޭޖްތަކަށް މި އަންނަ ބަދަލުތައް މާދަމާއިން ފެށިގެން ކަސްޓަމަރުންނަށް ލިބެން ފަށާނެއެވެ.