"އޭކް ވިލަން ރިޓާންސް" އަންނަ އަހަރަށް

އޭކް ވިލަން ރިޓާންސް އަންނަ އަހަރަށް--

ޑައިރެކްޓަރު މޯހިތު ސުރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު އޭކް ވިލަންގެ ސީކުއަލް "އޭކް ވިލަން ރިޓާންސް" ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފިއެވެ.

ޖޯން އަބްރަހަމް، އަރުޖުން ކަޕޫރު، ދިޝާ ޕާޓްނީ އަދި ތާރާ ސުތައިރާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ އަށް ވަނަ ދުވަހުއެވެ.

ކަޕޫރާ ބުޝަން ކުމާރުގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭ އޭކް ވިލަން ރިޓާންސް އަކީ އަންހެން ކެރެކްޓާއިން ވެސް ވިލަންގެ ގޮތުގައި ފެނިގެންދާނެ ފިލްމެކެވެ. އަދި މި ކެރެކްޓާތަކަކީ އެއް ކެރެކްޓާ އާ އަނެއް ކެރެކްޓާ އާ ގުޅިފައިވާ ކެރެކްޓާތަކެއް ވެސްމެއެވެ.

ފިލްމު ރިލީޒްކުރާ ތާރީޚު ހާމަކުރަމުން މޯހިތު ބުނީ މި ޕްރޮޖެކްޓަކީ އޭނާގެ ޕެޝަން ޕްރޮޖެކްޓެއް ކަމަށެވެ. ފިލްމު ތަފާތުވެފައި މި ފިލްމު ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މި ފިލްމަށް އެންމެ ފުރަތަމަ އަރުޖުންގެ ބަދަލުގައި ހަމަޖެއްސީ އަދިތްޔާ ރޯއީ ކަޕޫރެވެ. ނަމަވެސް އަދިތްޔާ އާއި ޑައިރެކްޓަރު މޯހިތު އާއި ހިޔާލު ތަފާތުވުމުގެ ސަބަބުން އޭނާ އަމިއްލައަށް އެ ފިލްމު ދޫކޮށްލީ އެވެ.

އެ ފިލްމުގެ ފުރަތަމަ ބައިން ފެނިގެން ދިޔައީ ސިދާތު މަލްހޮތުރާއާއި ޝްރަދާ ކަޕޫރެވެ. "އޭކް ވިލަން" އަކީ ބޮކްސް އޮފީހުގައި 162.69 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެކެވެ.

comment ކޮމެންޓް