ކްލައިމެޓް ފަންޑިންއަށް މުއްސަނދި ގައުމުތަކުން އަހަރަކު 100 ބިލިއަން ޑޮލަރު ދިނުން މުހިންމު: ޝާހިދު

އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމުގެ މަސައްކަތަަށް، ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީވުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް މުއްސަނދި ގައުމުތަކުން 100 ބިލިއަން ޑޮލަރު ދިނުން މުހިންމުކަމަށް އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ގްލޯބަލް ސިޓިޒަން ލައިވް ޕްލެޓްފޯމުގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ޓަކައި ގައުމުތަކުން މީގެ ކުރިން ނިންމި ނިންމުންތައް ތަންފީޒުކުރަން ޖެހޭކަމަށެވެ.

"ދުނިޔޭގެ ގައުމުތަކުގެ ވެރިންނަށް މިއަދު އަޅުގަނޑު މި ގޮވާލަނީ މޫސުމީ ބަދަލުތަކުން އަރައިގަނެ އެއާ ދެކޮޅަށް މަސައްކަތްކުރުމަށް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކާކަމަށެވެ. އެއާއެކު އޭނާ ވަނީ ރާއްޖޭގެ ހާލަތާ މެދު އަލިއަޅުވާލައްވާ ވާހަަދައްކަވާފައެވެ.

އެގޮތުން އޭނާ ވިދާޅުވީ އޭނާ ވެސް ނިސްބަތްވެވަަޑައިގަންނަވަނީ ރާއްޖެއަށްކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުންކަމަށް އޭނާ ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު ޝާހިދު އެންމެ ބޮޑު އިސްކަމެއްދެއްވައިގެން މަސައްކަތްކުރައްވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ.

comment ކޮމެންޓް