ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ޓްރޭނިން ކޭމްޕު ފުރިހަމަ ކުރަމުން އަންނަ ގައުމީ ޓީމު ކުޅުން ދެެވަނަ މެޗުން އެއްވަރުވެއްޖެއެވެ.
ގަތަރުގެ އާމީ ކްލަބާ ދެކޮޅަށް ދޯހާގައި ގައުމީ ޓީމު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އާމީ ކްލަބުންނެވެ.
މެޗުގެ ނަތީޖާ 1-1އަށް ބަދަލުކޮށް ރާއްޖެ އެއްވަރުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ)އެވެ. މިމެޗަކީ ޓްރޭނިން ކޭމްޕުގައި ރާއްޖެ ކުޅޭ ފަހު މެޗެވެ.
ޓްރޭނިން ކޭމްޕުގައި ކުޅުނު ފުރަތަމަ މެޗުން ގައުމީ ޓީމު ވަނީ ގަތަރުގެ ލުސެއިލް އެފްސީގެ މައްޗަށް 4-3އިން ކުރި ހޯދާފައެވެ.
ލުއިސް އަތުން ކުރި ހޯދި މެޗުގައި ގައުމީ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލީ އަޝްފާގް (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ) އަދި އަލީ ހައިޝަމް (ޗުމްޕު)އެވެ. މިމެޗުގައި ޗުމްޕު ވަނީ ދެލަނޑު ޖަހާފައެވެ. ނަމަވެސް އަނިޔާގެ ސަބަބުން އޭނާ ވަނީ މެޗުގެ ދެވަނަ ހާފުގައި ބަދަލުކޮށްފައެވެ.
ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު މިމަހުގެ 28 ވަނަ ދުވަހު މާލެ އައުމަށް ވަނީ ނިންމާފައެވެ. މުބާރާތުގެ ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނިކުންނަނީ އޮކްޓޫބަރު އެއްވަނަ ދުވަހު ނޭޕާލްއާ ދެކޮޅަށެވެ.