އަކްރަމް ބަލި ގަބޫލުކޮށްފި، މާލެ ދާއިރާގެ ރައީސް ކަމަށް ޝިފާ

މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މާލޭގެ ރައީސް ކަން، ކުރީގެ މޭޔަރު ޝިފާ މުހައްމަދު ކާމިޔާބު ކުރައްވައިފިއެވެ.

ވާދަވެރި ކުރިމަތިލުމަކަށް ފަހު އެ ގޮނޑި ޝިފާ ކާމިޔާބު ކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ބަލިކުރެއްވުމަށް ފަހުއެވެ.

އެ ގޮނޑި ޝިފާ ކާމިޔާބު ކުރެއްވުމާ ގުޅިގެން އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިހާބުން ނާކާމިޔާބުވި ނަމަވެސް އޭނާއަށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށާއި ވޯޓު ހޯދުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެއްވި ތިން މިނިސްޓަރުން ވެސް ވަނީ އެ ބޭފުޅުން ވާދަކުރެއްވި ދާއިރާތަކުން ކާމިޔާބް ހޯއްދަވާފައެވެ.

އެއީ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރެއްވި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފާއި ލ. ގަމު ދާއިރާގެ ރައީސްކަމަށް ވާދަކުރެއްވި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މެދު ދެކުނު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރެއްވި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

comment ކޮމެންޓް