ދެ ބަސް ރޫޓެއްގައި އަލަށް ދަތުރު ކާޑު ބޭނުން ކުރަން ފަށަނީ

ފެބްރުއަރީ 3، 2021: ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ އާއްމު ބަހުގެ ހިދުމަތުގެ ތެރެއިން، ދެ ބަސްރޫޓެއްގައި މާދަމާއިން ފެށިގެން ދަތުރު ކާޑު ބޭނުން ކުރަން ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ، ކަރުދާސް ޓިކެޓްގެ ބަދަލުގައި ބަސް ކާޑު ބޭނުންކުރަން ނިންމީ ކަސްޓަމަރުންނަށް ލުއިފަސޭހަ ކުރުމަށް ކަމަށެވެ.

އަދި ކަރުދާސް ޓިކެޓްގެ ބަދަލުގައި ކާޑު ބޭނުންކުރަން ފަށަން މީގެ ކުރިން ކަސްޓަރަމުންނަށް އިރުޝާދުދީ، މިބަދަލު އަންނާނެ ކަމުގެ އިޝާރާތެއް ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ބަދަލު އަންނަ ފުރަތަމަ ރޫޓަކީ ހުޅުމާލެ ނޭބަހުޑް އިން ހުޅުމާލެ ފެރީޓާމިނަލްއަށް ދާ ބަސް ރޫޓެވެ. އަދި ދެވަނަ ރޫޓަކީ ހުޅުމާލެ/ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަސް ރޫޓެވެ.

ދަތުރު ކާޑު ހޯދުމަށާއި ކާޑަށް ރުފިޔާ އެޅުމުގެ ހިދުމަތް އެމްޓީސީސީގެ ހުރިހާ ގިމަތަ (ޓާމިނަލް) ތަކުންނާއި ފަހި ޕްލާޒާ (ދަތުރު ކާޑު އޭޖެންޓް) މެދުވެރިކޮށް ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީ ބަހުގެ ހިދުމަތުގެ ތެރެއިން އެހެން ބަސް ރޫޓް ތަކުގައި މިހާރު ބޭނުން ކުރަނީ ދަތުރު ކާޑެވެ.

އަދި މާދަމާ ކާޑު ބޭނުންކުރަން ފަށާ ދެ ބަސް ރޫޓަކީ، އެ ބަސްތަކުގައި މި މަހުގެ ކުރީކޮޅު އަމިއްލައަށް ކާޑު ޖެއްސާގޮތަށް (އޮޓަމެޓިކް ފެއާ ކަލެކްޝަން)ގެ ނިޒާމު ނިމުނު ރޫޓްތައް ކަމަށް އެމްޓީސީސީއިން ބުނެއެވެ.

comment ކޮމެންޓް