ލަވޭރާ ޕިއްޒޭރިއާއިން ރާއްޖޭގެ އެންމެ ފުރަތަމަ އިންސްޓަގްރާމް ފިލްޓާ ގޭމް ތައާރަފްކޮށްފި

ކޮންމެ ދުވަހަކު އިނާމަކަށް ޕިއްޒާ ލިބޭ މުބާރާތަކާއެކު ލަވޭރާ ޕިއްޒޭރިއާއިން ރާއްޖޭގެ ފުރަތަމަ އިންސްޓަގްރާމް ފިލްޓާ ގޭމް "ޕިއްޒާ ފްރެންޒީ" މިއަދު ތައާރަފުކޮށްފިއެވެ.

މި ފިލްޓާ ގޭމް ލަވޭރާ ޕިއްޒޭރިއާގެ އިންސްޓަގްރާމް ޕޭޖަށް ގޮސް ތިންތަރި ޖަހާފައިވާ ފިލްޓާ ބަޓަންއަށް ފިތާލުމުން ފެންނާނެއެވެ. ނުވަތަ އިންސްޓަގްރާމް ސްޓޯރީގެ ބްރައުޒް އެފެކްޓްސްއަށް ގޮސް "ޕިއްޒާ ފްރެންޒީ" ސާޗް ކޮށްލުމުންވެސް ފިލްޓާ ފެންނާނެއެވެ

މި ފިލްޓާ ގޭމުގައި ފޯނުގެ ކެމެރާ ހުޅުވާލުމުން ފެންނަނީ ތިމާގެ ކުރިމަތިން އެކި އައިކޮންތައް މަތިން ތިރިއަށް ފައިބާ ތަނެވެ. ގޭމުގައި ޕޮއިންޓު ލިބެނީ އެ ގޮތަށް ފައިބާ ޕިއްޒާ ފޮތިތަކާއި ޗީޒް، އެންމެ ތިރިން ގެއްލުމުގެ ކުރިން "ކާލުމުންނެވެ". އެހެން ނަމަވެސް ފައިބާ ތަކެތީކެތީގެ ތެރޭގައި ބޮމެއް ވެސް ހިމެނެއެވެ. އެ ބޮން ކާލެވިއްޖެ ނަމަ ގޭމްގައި "ލައިފް" ދާނީ މަދުވަމުންނެވެ.

އެ މުބާރާތް ކުރިއަށްދާ މުއްދަތުގައި ކޮންމެ ދުވަހަކުވެސް އެންމެ މަތިން ޕޮއިންޓު ހޯދާ ފަރާތްތައް ހޮވާނެއެވެ. އެ ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ޕިއްޒާއެކެވެ.

މީގެ އިތުރުން މުޅި މުބާރާތުގެ ގްރޭންޑް ވިނާއަކާއި ރަނަރަޕްވެސް ހޮވުމަށް ވަނީ ރާވާފައެވެ. ގްރޭންޑް ވިނާއަށް 2000 ރުފިޔާގެ ގިފްޓް ވައުޗަރެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ފަރާތަށް ލިބޭނީ 1000 ރުފިޔާގެ ގިފްޓް ވައުޗަރެކެވެ.

ޕިއްޒާ ފްރެންޒީ ފިލްޓާ ގޭމަށް ހާއްސަ މުބާރާތް ކުރިއަށްގެންދާނީ އޮކްޓޫބަރު ތިންވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުން މޮޅުވާ ފަރާތްތައް އިއުލާން ކުރާނީ ލަވޭރާ ޕިއްޒާގެ އިންސްޓަގްރާމް ސްޓޯރީތަކުގައެވެ.

މީގެ ކުރިން ލަވޭރާ ޕިއްޒޭރިއާއިން "ޕިއްޒާ ހީރޯ"ގެ ނަމުގައި ބޭއްވި އޮންލައިން މުބާރާތަށްވެސް އާންމުންގެ ފަރާތުން ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެވެ.

ލަވޭރާ ޕިއްޒޭރިއާ 2018 ވަނަ އަހަރު ހުޅުވުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ހޯދައިފައެވެ. ލަވޭރާގެ މައިގަނޑު މަގްސަދަކީ ލަވޭރާގެ މާނަ ކަމަށްވާ “the truth”އާ އެއްގޮތަށް، އެންމެ އޮތެންޓިކް ޕިއްޒާ ފޯރުކޮށްދިނުމެވެ.

އެގޮތުން ލަވޭރާއިން ތަފާތު އެކި ވައްތަރުގެ ކްރަސްޓުތަކުގައި ޗީޒީ، ރަހަމީރު ފްލޭވާތައް ތައްޔާރުކުރެއެވެ. އޭގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު ޕިއްޒާތަކަކީ "މީޓީ މޭޑްނެސް"، "ބްލޭޒިންގް ބީފް"، "ސްމޯކީ ބާބެކިއު ބީފް" އަދި "ޕެރީ ޕެރީ ޗިކަން" އެވެ.

comment ކޮމެންޓް