މި މަހު ޝޫޓިން ފެށި ބޮލީވުޑްގެ ފިލްމު "ޓައިގާ 3" ގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން ފަށައިފިއެވެ.
އޭކް ދަ ޓައިގާ އާއި ޓައިގާ ޒިންދާ ހޭ ގެ ލީޑު ރޯލުން ފެނިގެންދިޔަ ތަރިން ކަމަށްވާ ކެޓްރީނާ ކެއިފް އާއި ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން އޮސްޓްރިއާގައި ފެށިއިރު މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ ފިލްމެކެވެ. މި ފިލްމު ކުޅުމަށް ކެޓްރީނާ ވަނީ ވަރުގަދަ ޓްރެއިނިންތަކެއް ވެސް ހަދާފައެވެ. މި ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ކުރިއަށް ދިޔައީ ތުރުކީގައެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ މި ފިލްމު މި ފަހަރު މަނީޝް ޝަރްމާއެވެ.
މި ފިލްމުގެ ތިން ވަނަ އިންސްޓޯލްމަންޓް އަކީ 40.1 މިލިއަން ޑޮލަރު (300 ކުރޯޑު)ގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ.
ދެހާސް ބާރަ ވަނަ އަހަރު ސީކުއަލްގެ ފުރަތަމަ ފިލްމު "އޭކް ދަ ޓައިގާ" ގެނެސްދިނީ ކަބީރު ހާން އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ވަނީ "ޓައިގާ ޒިންދާ ހޭ" ގެނެސްދީފަ އެވެ. މި ފިލްމުގެ ތިން ވަނަ ބަޔަށް ކިޔާ ނަން އަދި ހާމަކޮށްފައެއް ނުވެ އެވެ.
މި ފިލްމު ރިލީޒްކުރާނީ 2022ގައި ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.