ކޮވިޑުގައި އިތުރު މަރެއް، ޖުމްލަ 228 މަރު

ކޮވިޑް-19 ބަލީގައި ނިޔާވި މީހެއްގެ ޖަނާޒާގެ ކަންކަން ކުރިޔަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުުރު މީހަކު މަރުވެއްޖެއެވެ.

މިއަދު މި ބަލީގައި މަރުވީ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ގދ. އަތޮޅު ކޮވިޑް ފެސިލީޓީގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މި މީހާ މަރުވެފައިވަނީ މިއަދު ހަވިރު 4:52 ހާއިރެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ޖުމްލަ 228އަށް ވަނީ އަރާފައެވެ.

ފާއިތުވި 24ގަޑިއިރުގެ ތެރޭ ރާއްޖެއިން ޖުމްލަ 86 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އޭގެ ތެރެއިން މާލެ ސަރަހައްދުން 34 މީހެއްގެ އިތުރުން، އަތޮޅުތަކުން 36 މީހަކާއި ރިޒޯޓުތަކުން 16 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 83,248 އަށް އަރާފައެވެ.

އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1,774 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 17 މީހަކަށެވެ.

މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 81,234 އެވެ.

comment ކޮމެންޓް