ބަޔާން އަތުން ބަލިވެ ބާސާ ގުރޫޕުގެ ފުލަށް

ބަޔާންއާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން ---

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން އަނެއްކާވެސް ބާސެލޯނާ ބަލިވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ އާ ސީޒަނުގެ ގްރޫޕް އީގެ ފުރަތަމަ މެޗުން ބާސާ ބަލިވީ 3-0 ނަތީޖާއަކުންނެވެ.

ރަށުން ބޭރުގައި ބަޔާން ކުޅުނު މެޗުގައި އެޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ ތޯމަސް މުލާއެވެ. މުލާ މިލަނޑު ޖެހީ ލިއޮރޭ ސާނޭ ފަހިކޮށްދިން ފުރުސަތަކުންނެވެ.

ބަޔާންގެ ދެވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ޖަހައިދިނީ ގޯލާ ރައްޓެހި ފޯވާޑް ރޮބާޓް ލެވަންޑޮސްކީއެވެ. މިއީ ޕޮލެންޑްގެ ކެޕްޓަން ޗެމްޕިއަންސް ލީގުގައި ޖެހި 16 ވަނަ ލަނޑެވެ.

މެޗުގައި ބަޔާންއިން ޖެހި ތިން ވަނަ ލަނޑުވެސް ޖަހައިދިނީ ލެވަންޑޮސްކީއެވެ. އޭނާ މިލަނޑު ޖެހީ މެޗުގެ 85 ވަނަ މިނިޓުގައެވެ.

ގްރޫޕް އީގައި ހިމެނޭ ޑިނާމޯ ކިޔޭވް އާއި ޕޯޗުގަލްގެ ބެންފީކާ ބައްދަލުކުރި މެޗު ނިމުނީ 0-0 އެއްވަރުވެގެންނެވެ. އެހެން ކަމުން ގްރޫޕުގެ އެއްވަނަ ތިން ޕޮއިންޓާ ފައިދާ ތިން ގޯލާއެކު ލިބެނީ ބަޔާންއަށެވެ. ދެވަނަ މަގާމު އަދި ތިން ވަނަ މަގާމު ބެންފީކާ އާއި ޑިނާމޯއަށް ލިބޭ އިރު ބާސާ އޮތީ ގްރޫޕުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

comment ކޮމެންޓް