ނޯވިޗް ބަލިކޮށް އާސެނަލް ރެލިގޭޝަން ޒޯނުން އަރައިފި

ނޯވިޗް ކޮޅަށް ލަނޑު ޖެހުމަށްފަހު އާސެނަލް ކުޅުންތެރިން އުފާފާޅު ކުރަނީ--- ފޮޓޯ: ގާޑިއަން

ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ނޯވިޗް ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު 1-0 ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް ލީގު ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އާސެނަލްގެ ހަމައެކަނި ލަނޑު 66 ވަނަ މިނިޓުގައި ޖަހައިދިނީ ފޯވާޑް ޕިއޭ އެމެރިކް އޮބާމިޔަންގް އެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު އާސެނަލް ވަނީ ލީގު ތާވަލުގެ 16 ވަނަ މަގާމަށް ޖެހިލާފަ އެވެ. ނޯވިޗް މިސީޒަނުގައި އަދި މެޗަކުން މޮޅު ނުވެ އެވެ. އެޓީމު އޮތީ ލީގުގެ ފުލުގަ އެވެ.

ޕްރިމިއާ ލީގުގައި ކުޅުނު އެހެން މެޗުތަކައް ބަލާއިރު ބްރައިޓަން ވަނީ ބްރެންޓްފޯޑް 1-0 ބަލިކޮށްފަ އެވެ. މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބްރައިޓަން އޮތީ ތާވަލުގެ ހަތަރު ވަނަ މަގާމުގައި ނުވަ ޕޮއިންޓާއެކު އެވެ.

ސައުތުހެމްޓަން އާއި ވެސްޓް ހާމް ބައްދަލުކުރި މެޗު ނިމުމީ 0-0 އެއްވަރުވެގެންނެވެ. ވޮޓްފޯޑް އާ ވުލްސް ބައްދަލުކުރި މެޗު 2-0 ކުރި ހޯދި ވުލްސް އެވެ. މިމޮޅަކީ މިސީޒަނުގައި އެޓީމުން ހޯދި ފުރަތަމަ މޮޅެވެ.

comment ކޮމެންޓް