ދީމާ ޓިއުނީޝިއާގައި ބާއްވާ މުބާރާތެއްގައި ބައިވެރިވަނީ

ރާއްޖޭގެ ދީމާ މިހާރު ކުރިއަށްދާ ސައުތް އޭޝިއަން ގޭމްސްގެ ޓީޓީ އިވެންޓުގައި ވާދަކުރަނީ --- ފޮޓޯ// އެމްއޯސީ

ޓިއުނީޝިއާގައި ކުރިއަށްދާ ވޯލްޑް ޓޭބަލް ޓެނިސް ރޭންކިން މުބާރާތުގައި ބައިވެރިވުމަށް އެގައުމުގެ ވިސާ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީއަށް ލިބިއްޖެއެވެ.

މުބާރާތުގައި ދީމާ ވާދަކުރާނީ 15 އަހަރުން ދަށުގެ އަންހެން އުމުރުފުރާގައެވެ. ޓިއުނީޝިއާގެ މުބާރާތް ނިންމުމަށްފަހު ޕޯޗުގަލްގައި ބާއްވާ ޔޫތު މުބާރާތުގައި ދީމާ ވާދަކުރުމަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް ޕޯޗުގަލް ވިސާ ހަމަނުޖެހޭތީ އެމުބާރާތުގައި ދީމާއަށް ވާދަނުކުރެވޭނެއެވެ.

ދީމާ އިންޓަނޭޝަލަން މުބާރާތްތަކުގައި ބައިވެރި ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދީމާގެ ވޯލްޑް ރޭންކިން ހިފެހެއްޓުމަށް ކަމުގައި ޓީޓީއެމްގެ ރައިސް އަލީ ރަޝީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އޭޝިއާގައި ކުރިއަށް ގެންދަން ނިންމާފައިވާ ގިނަ މުބާރާތްތަކެއް ކޮވިޑް-19 އާއި ގުޅިގެން ކެންސަލްކުރުމާއި ގުޅިގެން ވާދަވެރި މެޗުތައް ކުޅެ ދުނިޔޭގެ ރޭންކް ހިފެހެއްޓުމުގެ ގޮތުން ދީމާ މިމުބާރާތުގައި ބައިވެރިކުރުމަށް ނިންމާފައިވާކަމަށް އަލީ ރަޝީދު ވިދާޅުވިއެވެ.

އޮމާންގައި އޮކްޓޫބަރު މަހު ބާއްވާ މުބާރާތެއްގައި ދީމާ ބައިވެރިކުރުމަށްވެސް ޓީޓީއެމްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް