އޭޑީއެސްއެލް ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް

ފޮޓ/ދިރާގު

ދިރާގުން އެމީހުންގެ އޭޑީއެސްއެލް ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ތައާރަފް ކޮށްފިއެވެ.

މި އޮފާއާއެކު ދިރާގުގެ އޭޑިއެސްއެލްގެ ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑަކަށް ބަދަލުކުރެވޭނެއެވެ.

މި އޮފާ އަންނަ މަހާ ހަމައަށް ކުރިއަށްދާނެ ކަމުގައި ދިރާގުން ބުންޏެވެ.

މިއީ އޭޑީއެސްއެލްގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ އަވަސް ފައިބާ ނެޓްވޯކްއަށް ފަސޭހަކަމާއި އިތުރު ހަރަދެއް ނެތްގޮތަށް ބަދަލުކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ.

މި ފުރުސަތުގައި ކަސްޓަމަރުންނަށް ހިލޭ ރައުޓަރެއް ވެސް ލިބޭނެއެވެ.

އޭޑީއެސްއެލް ކަސްޓަމަރުންނަށް ދިރާގުގެ މައި އެކައުންޓު ބޭނުންކޮށްގެން ފައިބާ ބްރޯޑްބޭންޑަކަށް އަޕްޑޭޓު ކުރެވޭނެއެވެ.

މި ޒަމާނަކީ ހުރިހާ ކަމެއްވެސް އިންޓަނެޓް ބޭނުންކޮށްގެން ކުރިއަށްގެންދާ ޒަމާނަކަށްވާތީ އިތުބާރު ކުރެވޭ އަދި ސެކުއާ ނެޓްވޯކްއެއް ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ.

ފައިބާ ބްރޯޑްބޭންޑަކީ މިކަމަށް އޮތް ހައްލެވެ.

މި ބްރޯޑްބޭންޑާއެކީ ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލޯވެންސްއާއި އަވަސް ސްޕީޑުގެ ގިނަ ބާވަތުގެ ޕެކޭޖުތަކެއް ލިބިގެންދާނެއެވެ.

ދިރާގުގެ ހައި ސްޕީޑް ބްރޯޑްބޭންޑު ރާއްޖޭގެ 80 ޕަސަންޓު ގޭބީސީ ތަކުން ލިބޭނެއެވެ. އަދި މި ހިދުމަތް ދިރާގުން ރާއްޖޭގެ 60 ރަށަކަށް ފޯރުކޮށްދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް