އަގު ވަޒަންކޮށް 14 ކަނބަލަކަށް ރެހެންދި އެވޯޑު ދީފި

ސެޕްޓެމްބަރު 6، 2021: ރެހެންދި އެވޯޑު ދިނުމުގެ ހަފްލާގެ ތެރެއިން

ތަފާތު އެކި ރޮނގުރޮނގުން އަންހެނުން ގައުމަށް ކުރާ ހިދުމަތް ފާހަގަކޮށްދޭ ރެހެންދި އެވޯޑު 14 ކަނބަލަކަށް ދީފިއެވެ.

ރެހެންދި އެވޯޑު ދީފައިވަނީ މިރޭ އެކަމަށްޓަކައި ރެހެންދި ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މިރޭ އޮތް ރަސްމިއްޔާތަކީ 2020ވަނަ އަހަރާއި މި އަހަރުގެ އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތެކެވެ.

އެގޮތުން މިދިޔަ އަހަރު އެ އެވޯޑު ދީފައިވަނީ ޖުމްލަ ހަތް ފަރާތަކަށެވެ. އެއީ:

  1. އިޖްތިމާއީ ދާއިރާއިން، ފާތިމަތު އިބްރާހިމް, ކާނިމާގެ ޅ. ހިންނަވަރު
  2. އިޖްތިމާއީ ދާއިރާއިން، މަރިޔަމް ޝުނާނާ، ހ. ވިލެސްވަރުގެ، ކ. މާލެ
  3. އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާއިން، އައިޝަތު ހުސައިން މަނިކު، ހ. ރީނދޫ ކޮކާގެ، ކ. މާލެ
  4. އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާއިން، އާމިނަތު އަމީނާ، ހަނދުވަރީގެ، ލ. ކުނަހަންދޫ
  5. އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާއިން، ހައްވާ ލަތީފް، ހުޅުމާލެ ފްލެޓް 1-3-10
  6. އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާއިން، މިންހާ ފާއިޒު، ހުޅުމާލެ ފްލެޓް 2-1-99
  7. އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާއިން، ޝިފްޒާ މުސްތަފާ، އާސާނު، ޏ. ފުވައްމުލައް

ސެޕްޓެމްބަރު 6، 2021: ރެހެންދި އެވޯޑު ދިނުމުގެ ހަފްލާގެ ތެރެއިން

މި އަހަރުގެ އެވޯޑު ވެސް ޖުމްލަ ހަތް ފަރާތެއް ވަނީ ހާސިލުކޮށްފައެެވެ. އެއީ:

  1. ތައުލީމީ ދާއިރާއިން، އަހުމީމާ ލުތުފީ, މީނާޒު ސ. މީދޫ
  2. ސައިންސް ޓެކްނޮލޮޖީ އިންޖިނިއަރިން އަދި މެތަމެޓިކްސްގެ ދާއިރާއިން، އައިމިނަތު ޝާހާ ހާޝިމް، ކ. މާލެ
  3. ޒީނިއާ އަހުމަދު ހަމީދު، މ.ކްރިނބީލޮޖް، ކ. މާލެ
  4. ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ދާއިރާއިން، ނާދިޔާ އަބްދުލްޣަފޫރު، ލ. ކުނަހަންދޫ
  5. ކުޅިވަރު ދާއިރާއިން، ހައްވާ ރާމިޒާ، އަސޭމިރުސްގެ، ސ. ހިތަދޫ
  6. އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާއިން، ސާޖަންޓް ފަސްޓް ކްލާސް ނަސްރީނާ ހަސަން، ދަފްތަރު ނަމްބަރު ރ.ސ2923
  7. އާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންގެ ދާއިރާއިން، ޝިޔާމާ އަހުމަދު، މ. ކަރޭޖް، ކ. މާލެ
  8. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަަސައްކަތް ކުރާ ކޮމެޓީ

ސެޕްޓެމްބަރު 6، 2021: ރެހެންދި އެވޯޑު ދިނުމުގެ ހަފްލާގެ ތެރެއިން

ރެހެންދި އެވޯޑަކީ މުޖުތަމައުއާއި ގައުމުގެ ތަރައްގީއަށާއި ލާބައާއި މަންފާ ލިބޭ ފަދަ އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014 ވަނަ އަހަރުން ފެށިގެން ދޭ ހާއްސަ އެވޯޑެކެވެ.

މިރޭ ރެހެންދި ސްކޫލުގައި އޮތް ރެހެންދި އެވޯޑު ދިނުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް