ނާސާއިން މުސްތަގުބަލުގައި އެއާޓެކްސީ ހިދުމަތް ދޭނެ އުޅަނދެއް ޓެސްޓު ކުރަނީ!

އީ.ވީ.އޯ.އެލް އެއާޓެކްސީ

ނާސާ އާއި ޖޮބީ އޭވިއޭޝަން ގުޅިގެން އިލެކްޓްރިކް އެންޑް ވާޓިކަލް ޓޭކް އޮފް އެންޑް ލޭންޑިން (އީވީޓީއޯއެލް) އުޅަނދުތަކެއްގެ ޓެސްޓުތައް ޖައްވުގައި ފަށައިފިއެވެ.

މިއީ ނާސާގެ އެޑްވާންސްޑް އެއާ މޮބިލިޓީ ނޭޝަނަލް ކެމްޕޭނުގެ އެންމެ ފުރަތަމަ މަޝްރޫއެވެ. ނާސާއިން ބުނެފައިވަނީ އެމިރިކާގެ ވައިގެ ތެރެއަށް ޑުރޯން އަދި އެއާ ޓެކްސީ އިތުރު ކުރާނެ ކަމަށެވެ.

އެގޮތުން ކެލިފޯނިއާގައި ހުންނަ ޖޮބީ އޭވިއޭޝަނުގެ އެއާ ޓެކްސީ ގެ ހިދުމަތް 2024 ވަނަ އަހަރު ލިބޭނެ ގޮތް ހެދުމަށް ނާސާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޖޮބީ އޭވިއޭޝަންގެ ފައުންޑާ ޖޯ ބެން ބެވާޓް ވިދާޅުވެފައި ވަނީ ނާސާއާ މެދުގައި ރަނގަޅު ގުޅުމެއް އުފެދުމަކީ ފަހުރުވެރިވާ ކަމެއްކަމަށެވެ. އަދި އެންމެ ފުރަތަމަ އީވީޓީއޯއެލް އުޅަނދެއްގެ ހިދުމަތް ފޯރުކޮށްދޭ އޭވިއެޝަނަށް ވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި އީވީޓީއޯއެލް އުޅަނދަކީ ގަޑިއަކު 200 މޭލަށް ދަތުރުކުރެވޭނެ އުޅަނދެކެވެ. އަދި މިއީ 150 މެލުގެ ދުރުމިނަށް ދަތުރުކުރެވޭނެ އުޅަނދެކެވެ. މީގެ ސަބަބުން ރަނގަޅު ހިދުމަތެއް ދެވޭނެ ކަމަށް ނާސާއިން ފާހަގަކޮށްފައިވެއެވެ. މިއެއާކްރާފްޓަކީ އެއް ޕައިލެޓަށާއި 4 ފަސިންޖަރުންގެ ޖާގައިގެ އުޅަނދެކެވެ.

ހަމައެހެންމެ، ޖޮބީ އޭވިއޭޝަނުން އަމާޒު ކުރަނީ އެޕެއް މެދުވެރިކޮށް ފްލައިޓު ބުކް ކުރެވޭނެ އިންތިޒާމު ހަމަޖައްސާށެވެ. އަދި މި އުޅަނދުގެ އެންމެހާ ކަންކަން ބަލައި ފާސް ކުރާނެ ކަމަށް ނާސާއިން ބުނެފައިވެއެވެ. މީގެ އިތުރުން ނާސާއިން ފްލައިޓުގައި ތަފާތު ފީޗާސްތައް ހަރުކުރާނެކަމަށް ބުނެފައިވެއެވެ.

މި އީވީޓީއޯއެލް އުޅަނދު ތައާރަފު ކުރުމުން އެހެން އޭވިއޭޝަން ކުންފުނިތަކުންވެސް ވާދަވެރި ގޮތެއްގައި އުޅަނދުތައް އުފައްދާނެކަމަސްވެސް މީޑިއާ ރިޕޯޓް ތަކުން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް