މެމްފިސްގެ ދެގޯލާއެކު ނެދަލޭންޑްސްއަށް މުހިންމު މޮޅެއް

ގޯލު ޖެހުމަށްފަހު މެމްފިސް އުފާފާޅު ކުރަނީ--- ފޮޓޯ: ޓެލެކޮމް

މެމްފިސް ޑިޕާއިގެ ދެގޯލާއެކު ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕުގެ ގްރޫޕް ޖީގައި ނެދަލޭންޑްސްއިން މުހިންމު މޮޅެއް ހޯދައިފިއެވެ.

މެޗަށް ނިކުތް އިރު ނެދަލޭންޑްސް އޮތީ ގްރޫޕުގެ ތިން ވަނަ މަގާމުގައި ހަތް ޕޮއިންޓާއެކުއެވެ. މޮންޓެނެގްރޯ އަތުން ހޯދި ތިން ޕޮއިންޓާއެކު ނެެދަލޭންޑްސް މިހާރު ވަނި ތާވަލުގެ ދެވަނަ މަގާމަށް ޖެހިލާފައެވެ. އެގައުމާއި އެއްވަނަ މަގާމުގައި އޮތް ތުރުކީ އާ އޮތީ އެއް ޕޮއިންޓުގެ ފަރަގެކެވެ.

މެޗުގެ ފުރަތަމަ ލަނޑު 38 ވަނަ މިނިޓުގައި ނެދަލޭންޑްސްއަށް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން މެމްފިސް ޑިޕާއިއެވެ. ދެވަނަ ހާފުގެ 62 ވަނަ މިނިޓުގައި މެމްފިސް ވަނީ ނަތީޖާ 2-0 ބަދަލުކޮށްލާފައެވެ.

މެޗުގެ ތިން ވަނަ ލަނޑު 62 ވަނަ މިނިޓުގައި ޖެހީ ކެޕްޓަން ޖޯޖީނިއޯ ވައިނާލްޑަމްއެވެ. އޭގެ ހަ މިނިޓު ފަހުން މެޗުގެ ހަތަރު ވަނަ ގޯލު ޖެހީ ޒުވާން ފޯވާޑް ކޯޑި ގަކްޕޯއެވެ.

ނެދަލޭންޑްސްގެ ކޯޗުގެ މަގާމާ ލުއީ ވެން ހާލް ހަވާލުވި ފަހުން އެޓީމު އަދި ބަލިވެފައިނުވެއެވެ. ކޮލިފައިންގައި ވެން ހާލްގެ އިރުޝާދުގެ ދަށުން ނެދަލޭންޑްސް ވަނީ ދެމެޗު ކުޅެ ހަތަރު ޕޮއިންޓު ހޯދާފައެވެ.

comment ކޮމެންޓް