ޕެރަލިމްޕިކްސް ގައުމީ ރެކޯޑް މާޒިން އާކޮށްފި

ޕެރަލިމްޕިކްގައި ވާދަކުރާ މާޒިން އަދި އޭނާގެ އެހީތެރިޔާ ސައިފް--- ފޮޓޯ: އޮލިމްޕިކް ކޮމިޓީ

ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށްދާ ޕެރަލިމްޕިކްސްގައި ވާދަކުރާ ދުވުންތެރިޔާ މުހައްމަދު މާޒިން ގައުމީ ރެކޯޑް އާކޮށްފިއެވެ.

މާޒިން ރެކޯޑް އާކޮށްފައިވާނީ 100 މީޓާރު ދުވުން 15.74 ސިކުންތުން ނިންމައިގެންނެވެ.

މާޒިން ރެކޯޑް އާކޮށްފައިވަނީ ފުރަތަމަބުރުގެ ހަތަރުވަނަ ހީޓުގައެވެ.

މި އަހަރަކީ ގޭމްސްގައި ރާއްޖެ ބައިވެރިވި ފުރަތަމަ ފަހަރެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ބައިވެރިވެފައި ވަނީ މުހައްމަދު މާޒިން އަދި ފާތިމަތު އިބްރާހިމްއެވެ.

ގޭމްސްގައި ރާއްޖެއިން ބައިވެރިވާ އެތްލީޓުންގެ ތެރެއިން މާޒިންގެ ގައިޑް ދުވުންތެރިޔާގެ ގޮތުގައި ބައިވެރިވީ މުހައްމަދު ސައިފް ޒާހިރެވެ. އަދި ފާތިމަތު އިބްރާހިމްގެ ގައިޑް ދުވުންތެރިޔާގެ ގޮތުގައި ބައިވެރިވީ ރަބާ އިސްމާއީލް އާސިފެވެ.

މޮރިޝަސްގައި 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކެޓަގަރީގެ 100 މީޓަރު ދުވުމުން މާޒިން ވަނީ ލޯ މެޑަލް ހޯދާފައެވެ.

comment ކޮމެންޓް