އަބޫދާބީގެ ގްރީން ލިސްޓަށް ރާއްޖެ އަރައިފި

އަބޫދާބީ--

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގެ ކޮވިޑް ގްރީން ލިސްޓަށް އަނެއްކާވެސް ރާއްޖެ އިތުރުކޮށްފިއެވެ.

ރާއްޖޭގެ އިތުރުން އަބޫދާބީގެ ގްރީންލިސްޓަށް 21 ގައުމެއް އިތުރުކޮށްފައިވާ އިރު އޭގެ ތެރޭގައި އޮމާން، ގަތަރު، ސައިޕްރަސް، ކްރޮއޭޝިއާ، އިޓަލީ އަދި ޖަޕާނު ވެސް ހިމެނެއެވެ.

އެ ލިސްޓަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންނެވެ.

އެ ލިސްޓުން އެންމެ ފަހުން ރާއްޖެ އުނި ކުރީ މިދިޔަ އޮގަސްޓު މަހުގެ 17އިގައެވެ. އެ ލިސްޓަށް އަލުން ބަދަލު ގެނެސްފައިވާ އިރު މިފަހަރު އެއްވެސް ގައުމެއް ލިސްޓުން އުނިކޮށްފައެއް ނުވެއެވެ.

އަބޫދާބީ ގްރީން ލިސްޓަކީ ކޮވިޑް-19 ގެ ހާލަތު އެންމެ ރަނގަޅު ގައުމުތައް ހިމަނައިގެން އެކުލަވާލައިފައިވާ ލިސްޓެކެވެ. އެ ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ފަތުރުވެރިން ޔޫއޭއީ އަށް ދަތުރުކުރުމަށްފަހު ކަރަންޓީނުވާން ނުޖެހޭނެއެވެ.

އެ ލިސްޓުގައި މިހާރު ޖުމްލަ 55 ގައުމު ހިމެނެއެވެ.

comment ކޮމެންޓް