ތިނަދޫ ކޮވިޑް ފެސިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެ

ގ.ދ. ތިނަދޫ --- ފޮޓޯ/ ސްޓޫޑިއޯ33

ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

މިއަދު މަރުވި މީހާގެ ކަށުކަމާކެމީގެ ކަންތަކުގައި އިސްކޮށް އުޅުއްވާ އާރިފް ހުސެއިން "ސަން" ވިދާޅުވީ ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު މަރުވެފައިވަނީ އުމުރުން 90 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ މިއަދު 18:30 ހާއިރު ކަމަށެވެ.

"އޭނާގެ މަރަކީ ކޮވިޑް މަރެއް ކަމަށް ހޮސްޕިޓަލުން ދިން ލިޔުމުގައި ވަނީ،" އާރިފް ވިދާޅުވިއެވެ.

ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ތިނަދޫން މިހާތަނަށް ވަނީ ތިން މީހުން މަރުވެފައެވެ.

ތިނަދޫން މިއަދު މަރުވި މީހާ އާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 226އަށް އަރާފައެވެ. އޭގެ ތެރޭގައި 19 ބިދޭސީންވެސް ހިމެނެއެވެ.

ކޮވިޑް ޖެހިގެން އެންމެ ފަހުން ރާއްޖެއިން މީހަކު މަރުވީ މިދިޔަ ހޯމަ ދުވަހުއެވެ. އެދުވަހު މަރުވީ އުމުރުން 92 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅު ވަމުން އަންނާތީ މިހާރު ވަނީ ގިނަ ލުއި ތަކެއްވެސް ދީފައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 80،678 މީހުންނަށެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވީ 78،757 މީހުންނެވެ.

މިވަގުތު އެކްޓިވް ކޭސް ގޮތުގައި 1،683 މީހުން ތިބިއިރު ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަނީ 11 މީހުންނަށެވެ.

comment ކޮމެންޓް