ތިން ވަނަ ޑިވިޝަން ތަށި ބުރު ސްޕޯޓްސްއަށް

ތިން ވަނަ ޑިވިޝަން ތަށި ބުރުގެ ކުޅުންތެރިން އުފުލާލަނީ --- ފޮޓޯ: ބުރު ސްޕޯޓްސް

ތިން ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ބިސް ބުރު ކޮޅަށް 11 ލަނޑު ޖަހައި ބުރު ސްޕޯޓްސްއިން ތަށި އުފުލާލީ މެޗަކުން ބަލިނުވެއެވެ.

ބުރު ޓީމުން ޖެހި ލަނޑުތަކުގެ ތެރެއިން ފަސް ލަނޑު ޖެހީ ޔޫކްރޭން ފޯވާޑް ޕެޓްރޯވް ވަޑީމް އެވެ. އަބްދުﷲ ޝާފިއުއާ މުހައްމަދު ތަސްނީމް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހާފައެވެ.

މިޑްފީލްޑަރު ސޮބޮލް އިލިއާވެސް ވަނީ ލަނޑެއް ޖަހާފައެވެ. އިލިއާ ވަނީ ކުރިން ފުރަތަމަ ޑިވިޝަނުގައި ގްރީން ސްޓްރީޓްސްއަށް ކުޅެފައެވެ.

ތިން ވަނަ ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބުރުގެ މުހައްމަދު ތަސްނީމްއެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ބިސް ބުރުގެ ކީޕަރު ވިސާމް އަބްދުﷲއެވެ.

ތިން ވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި ވާދަ ކުރި ހަތަރު ޓީމަށްވެސް އަންނަ އަހަރުގެ ދެވަނަ ޑިވިޝަނުން ޖާގަ ލިބޭނެއެވެ.

އެ ޓީމުތަކަކީ ބިސް ބުރު، އެލްޓީ، އޯވަންއޯ އަދި ޗެމްޕިއަން ބުރު ސްޕޯޓްސްއެވެ.

comment ކޮމެންޓް