ކާތިކްގެ "ފްރެޑީ"ގެ ބަތަލާ އަކީ އަލާޔާ!

އެކްޓަރު ކާތިކް އާ އަލާޔާ---

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ކާތިކް އާރްޔަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ފްރެޑީ"ގެ ބަތަލާ އަކަށް އަލާޔާ ހަމަޖައްސައިފިއެވެ.

ފިލްމަށް ސޮއިކުރިކަން ހާމަކުރަމުން އިންސްޓަގްރާމްގައި އަލާޔާ ހިއްސާކުރި ޕޯސްޓެއްގައި ބުނީ މި ފިލްމުގެ ޓީމާ ގުޅުމަކީ ލިބުނު އުފަލެއް ކަމަށާއި މި ފިލްމުގެ ޓީމަކީ ވަރަށް ބަރާބަރު ޓީމެއް ކަމަށެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓިން މިހާރު ވަނީ ޝޫޓިން މުމްބާއިގައި ފަށާފައެވެ.

މި ފިލްމަކީ ރޮމޭންޓިކް ތްރިލާއެކެވެ. މި ފިލްމަކީ ކާތިކް، އަލާޔާ އާ އެކްތާއެކުގައި ކުރާ ފުރަތަމަ މަސައްކަތެވެ.

ޝަޝަންކް ގޯޝް ޑައިރެކްޓްކުރާ މި ފިލްމަކީ އަލާޔާ އާ ކާތިކް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެއެވެ.

ބަތަލާ އަލާޔާ ބޮލީވުޑަށް ތައާރަފްވީ މިދިޔަ އަހަރު ސައިފް އަލީ ޚާން އާއެކު ކުޅުނު "ޖަވާނި ޖާނެމަން" އިންނެވެ.

އެކްޓަރު ކާތިކް ދެން އެންމެ އަވަހަށް ފެނިގެންދާނީ ހޮރޯ ކޮމެޑީ "ބޫލް ބުލައްޔާ 2" އިންނެވެ. އެއަށްފަހު އޭނާ ފެނިގެންދާނީ ނެޓްފްލިކްސްގައި ރިލީޒްކުރާ "ދަމާކާ" އިންނެވެ.

އެ ފިލްމުގައި ކާތިކް ފެނިގެންދާނީ ނޫސްވެރިއެއްގެ ރޯލުންނެވެ.

comment ކޮމެންޓް