ޖަޕާނުން 2029 ގައި މާސް އިން ގަލުގެ ސާމްޕަލް ގެންނަން ނިންމައިފި

މާސް -- ފޮޓޯ/ދަ އިންޑިއަން އެކްސްޕްރެސް

ޖަޕާނުން 2029 އާ ހަމައަށް މާސްއަށް ދަތުރުކޮށް މާސްއިން ސާމްޕަލް ގާ ގެންނަން ގަސްދުކޮށްފިއެވެ.

ޖަޕާނުން މި އަމާޒު ހާސިލް ކުރަން ގަސްދުކޮށފައިވަނީ އެމެރިކާ އަދި ޗައިނާއިން އެ އަމާޒު ހާސިލް ކުރުމުގެ ކުރިންނެވެ.

މި ގޮތަށް މާސް އިން ގެނެވޭނެ ގާތަކަކީ މާސްގެ އޮރިޖިން އަދި މާސްގައި އެއްވެސް ދިރުމެއްގެ ހިލަމެއްވޭތޯ ބަލަން ގެނެވޭ ސާމްޕަލްތަކެކެވެ.

ޖަޕާނުގެ އެއަރޯސްޕޭސް އެކްޕްލޮރޭޝަން އޭޖެންސީން (ޖޭއޭއެކްސްއޭ) ވަނީ 2024 ގައި ރޮކެޓު އެކްސްޕްލޯރާ އެއް މާސްއަށް ފޮނުވައި 10 ގްރާމުގެ ގަލެއްގެ ސާމްޕަލްތައް ހިފައިގެން އެބުރި 2029 އަށް އެ ރޮކެޓު އަންނާނެ ކަމަށް ލަފާކޮށްފައެވެ.

ނާސާގެ ޕްރެޒާވެރެންސް ރޯވާ އިން ދަނީ މިވަގުތު މާސްގެ ކްރޭޓާ އެއްގައި މަސައްކަތް ކުރަމުންނެވެ. މި ރޯވާ ދުނިޔެ އަށް މާސް އިން 31 ސާމްޕަލް ނަގައިގެން އަންނަން ހަމަޖެހިފައިވަނި 2031 އަށެވެ.

ނާސާގެ މި ރޯވާ އަކީ ޔޫރަޕިއަން ސްޕޭސް އޭޖެންސީ އާ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

ޗައިނާއިންވެސް ވަނީ މި އަހަރު މާސްއަށް ސްޕޭސްކްރާފްޓެއް ފޮނުވާފައެވެ. މި ސްޕޭސް ކްރާފްޓު ގާތަކުގެ ސާމްޕަލް ހިފައިގެން އެނބުރި އަންނަން ހަމަޖެހިފައިވަނީ 2030 ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް