"ބޫތު ޕޮލިސް" ގެ ޓްރެއިލާ މިއޮތީ!

ފިލްމުން ފެނިގެންދާ މައިގަނޑު ތަރިން---

ހަތަރު ލީޑުން ފެނިގެންދާ ފިލްމު "ބޫތު ޕޮލިސް" ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ.

ސައިފް އަލީ ޚާން، ޖެކަލީން ފާނަންޑޭޒް، އަރުޖުން ކަޕޫރު އާއި ޔަމީ ގޯތަމް ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ހޮރޯ ކޮމެޑީ ޖޯންރާ އަށ ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ އަންނަ މަހުގެ 17 ވަނަ ދުވަހު ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

ހޮރޯ ކޮމެޑީ ޖޯންރާއަށް ތައްޔާރުކޮށް ގެނެސްދޭ މި ފިލްމަކީ "ރާގިނީ އެމްއެމްއެސް"ގެ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ ގެނެސްދޭ ފިލްމެކެވެ. މިދިޔަ ހަފްތާގައި ވަނީ ފިލްމުގައި ސައިފް އާ އަރުޖުންގެ ކެރެކްޓާ ދައްކާލާފައެވެ. ފިލްމުގައި ސައިފް ކުޅޭނީ ވައިބޫތީ ކިޔާ މީހެއްގެ ރޯލެވެ. އަދި އަރުޖުން ފެނިގެންދާނީ ޗިރައުންޖީ ނަމަކަށް ކިޔާ ކެރެކްޓާއެކެވެ.

ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމަކީ އަރުޖުން އާ ސައިފް އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އަދި ޔަމީ އާ ޖެކަލީން ވެސް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް