މާޒިޔާ ބަލިކޮށް ބަޝުންދަރަ ދެވަނަ ބުރުގެ އުންމީދުގައި

މާޒިޔާގެ ހަމްޒާ މުހައްމަދު އަތުން ބޯޅަ ހޯދުމަށް ބަޝުންދުރަ ޓީމުގެ ކުޅުންތެރިއަކު މަސައްކަތް ކުރަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭއެފްސީ ކަޕުގައި ބަންގްލްދޭޝްގެ ޓީމެއް ކައިރިން ފުރަތަމަ ފަހަރަށް ބަލިވެ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު މާޒިޔާއަށް ގެއްލިއްޖެއެވެ. ބަންގްލަދޭޝްގެ ގަދަ ބާރު ބަޝުންދަރަ އަތުން މާޒިޔާ ބަލިވީ 2-0 ނެވެ.

މާޒިޔާ ޓީމުން ކޯޗު ރިސްޓޯ ވިޑަކޮވިޗް ނެރެފައިވަނީ ޓީމުން އެންމެ ފާހަގަ ކުރެވުނީ ޑިފެނޑަރު ސަމޫހު އަލީ ނެތްތަނެވެ. ސަމޫހުގެ ބަދަލުގައި އެތަން ފޫބެއްދީ މުހައްމަދު އިރުފާން (އިރޭ)އެވެ.

މެޗުގެ ފުރަތަމަ ފުރުސަތު ދެ ވަނަ މިނިޓުގައި ލިބުނީ މާޒިޔާއަށެވެ. ކޯނެލިއަސް ސްޓްވާޓް (ކޯނޭ) ބޯޅަ ހިފައިގެން ވަދެ ކުޅުނު ބޯޅަ ލިބުނީ މާޒިޔާގެ ހުސެއިން ނިހާނު (ނިހާޓް)އަށެވެ. އޭނާ އެއްފަހަރުން ފޮނުވާލި ބޯޅަ ދިޔައީ މާމަތިން ބޭރަށެވެ.

ތިން ވަނަ މިނިޓުގައި މާޒިޔާއިން އިތުރު ފުރުސަތެއް ތަނަވަސް ކުރިއެވެ. އޭރިއާ ތެރެއިން ކޯނޭ ފޮނުވާލި ހަމާލާ ބަޝުންދަރަ ކީޕަރު ވަނީ ފަސޭހަ ކަމާއެކު ދިފާއުކޮށްފައެވެ.

ބަޝުންދަރަ ޓީމުގެ ތާރިގު ކާޒީ ކާރިން ބޯޅަ ހޯދުމަށް މާޒިޔާގެ އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) މަސައްކަތް ކުރަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

މެޗު ފަށައިގެން ފުރަތަމަ 20 މިނިޓު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ރަނގަޅު ކުޅުމެއް މާޒިޔާގެ ފަރާތުން ފެނުނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ބަޝުންދަރައިންނެވެ. މިލަނޑަކީ މާޒިޔާގެ އިރުފާނު ފަަހަތަށް ޖެހި ބޮޑު ބޯޅައެއް ކީޕަރު ބޯމަތިން އޮއްސިގެން ގޮސް ބައިކޮޅަށް ވަން ލަނޑެކެވެ.

ބަޝުންދަރަ ޓީމަށް ގޯލު ޖެހުނު ހިސާބުން ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން އެޓީމުން ކުޅެން ފެށިއެވެ. މާޒިޔާ ފަހަތަ ޖެހިގެން ޑިފެންސް ކުރަން ޖެހުނެވެ.

ގިނަ ވަގުތުތަކަކަށް ފަހު މެޗުގެ 37 ވަނަ މިނިޓުގައި މާޒިޔާއިން އަނެއްކާވެސް ފުރުސަތެއް ތަނަވަސްކުރިއެވެ. އޭރިއާ ބޭރުން ނާއިޒް ހަސަން (ދާދު) ފޮނުވާލި ހަމަލާ ދިޔާއި ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މެޗުގެ 39 ވަނަ މިނިޓުގައި ބަޝުންދަރައިން ނަތީޖާ ފުޅާ ކުރިއެވެ. އެޓީމުގެ ބްރެޒިލް ފޯވާޑް ރޮބްސަން މާޒިޔާގެ އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލިއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މާޒިޔާއިން ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނެވެ. ނަމަވެސް ބަޝުންދަރަ ޓީމުގެ ޑިފެންސް ލައިނު ފޫއަޅުވާ ލެވޭ ގޮތެއް ނުވިއެވެ.

މާޒިޔާ ޓީމާ ހިލާފަށް ބަޝުންދަރައިން ދިޔައީ ކައުންޓާ އެޓޭކުގައި މާޒިޔާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެޓީމުގެ އެޓޭކުތައް އުފެއްދުމުގައި ބްރެޒިލްގެ ވިންގާ ރޮބީނިއޯ އަޒެވޭޑޯގެ ދައުރު ބޮޑެވެ.

comment ކޮމެންޓް