"ބޫތު ޕޮލިސް"ގެ ޓީޒާ ދައްކާލައިފި

ބޫތު ޕޮލިސް ގެ ޓީޒާގެ މަންޒަރެއް---

ހަތަރު ކެރެކްޓާ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބޫތު ޕޮލިސް"ގެ ޓީޒާ ދައްކާލައިފިއެވެ.

ފިލްމުގެ ލީޑު ތަރި ކަމަށްވާ ސައިފް އަލީ ޚާންގެ 51 ވަނަ އުފަންދުވަހާ ދިމާކޮށް މި ފިލްމުގެ ޓީޒާ އާންމުކުރިއިރު ފިލްމުގެ ޓްރެއިލާ މާދަމާގެ ވަގުތެއްގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފިލްމުގައި ސައިފްގެ އިތުރުން ލީޑު ރޯލުން ފެނިގެންދާނީ ޖެކަލީން ފާނަންޑޭޒް، އަރުޖުން ކަޕޫރު އަދި ޔަމީ ގޯތަމްއެވެ. ފިލްމުގެ ޓީޒާ އިން ފެނިގެންދަނީ ސައިފްއާ އަރުޖުން އެމީހުންގެ ވޭނުގައި "ގޯސްޓް ހަންޓް"އަކަށްދާ މަންޒަރެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ އަންނަ މަހުގެ 17 ވަނަ ދުވަހު ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

ހޮރޯ ކޮމެޑީ ޖޯންރާއަށް ތައްޔާރުކޮށް ގެނެސްދޭ މި ފިލްމަކީ "ރާގިނީ އެމްއެމްއެސް"ގެ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ ގެނެސްދޭ ފިލްމެކެވެ. މިދިޔަ ހަފްތާގައި ވަނީ ފިލްމުގައި ސައިފް އާ އަރުޖުންގެ ކެރެކްޓާ ދައްކާލާފައެވެ. ފިލްމުގައި ސައިފް ކުޅޭނީ ވައިބޫތީ ކިޔާ މީހެއްގެ ރޯލެވެ. އަދި އަރުޖުން ފެނިގެންދާނީ ޗިރައުންޖީ ނަމަކަށް ކިޔާ ކެރެކްޓާއެކެވެ.

ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމަކީ އަރުޖުން އާ ސައިފް އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އަދި ޔަމީ އާ ޖެކަލީން ވެސް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް