ކޯކް، ފުޑް އެންޑް ފުޓްބޯލް: ކޮކާ ކޯލާއިން ރާއްޖޭގައި ހާއްސަ ޕްރޮމޯޝަނެއް

ރާއްޖޭގެ ފުޓުބޯޅަ ސީޒަނާ ދިމާކޮށް، ޓީވީ އާއި ސްމާޓްފޯން އަދި އެ ނޫންވެސް ތަފާތު އެތައް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކޮކާކޯލާއިން ފަށައިފިއެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 30އަށް ކުރިއަށް ގެންދާ "ކޯކް، ފުޑް އެންޑް ފުޓްބޯލް" ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، އެ ޕްރޮމޯޝަނަށް ހާއްސަކޮށް ނެރޭ ރަން ކުލައިގެ މަތި ޖެހި ކޯކު ފުޅި ގަތުމުންނެވެ.

އެގޮތުން 300 މިލިލީޓަރާއި 500 މިލިލީޓަރާއި 1.25 ލީޓަރާއި ދެ ލީޓަރުގެ ކޯކު ފުޅި ގަނެވިދާނެއެވެ. އަދި އެ ފުޅިއެއްގެ މަތިގަނޑުގެ އެތޭރަގައި ޖަހާފައިވާ ކޯޑު 2626އަށް ފޮނުވުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

އެއަށް ފަހު ލަކީޑްރޯއިން އެ ކޯޑު ހޮވިއްޖެ ނަމަ، ފުޅީގެ މަތި ގެންދިޔުމުން އިނާމާ ހަވާލުވެވޭނެއެވެ.

އެ ޕްރޮމޯޝަނުން ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި 20 ސްމާޓްފޯނާއި 50 އިންޗީގެ 25 ޓީވީ ހިމެނެ އެވެ. އަދި ކޯކުގެ ލޯގޯ ޖަހާފައިވާ 45 ލިމިޑެޓް އެޑިޝަން ކުދި ފްރިޖާއި ކޯކުގެ ބްރޭންޑު ޖަހާފައިވާ އެކި ބާވަތުގެ 225 މާޗެންޑައިސްވެސް ހިމެނެއެވެ.

އޭގެ ތެރެއިން ކުދި ފްރިޖަކީ ޕްރޮމޯޝަން ކުރިއަށް ދާ ކޮންމެ ދުވަހަކު ދޭ އިނާމެކެވެ.

އެ ޕްރޮމޯޝަނާ ގުޅިގެން ކޮކާކޯލާ ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހަ ވިދާޅުވީ، ކޯކާއި ކާތަކެއްޗާ އެކު ގޭގައި ތިބެގެން ދިވެހިންނަށް ރައްކާތެރިކަމާ އެކު ފުޓުބޯޅަ ބަލާލުމާ އެކު އަގުހުރި އިނާމުތަކެއް ހޯދޭނެ ޕްރޮމޯޝަނެއް ފެށުމަކީ އެ ކުންފުނިން ފަހުރުވެރިވާ ކަމެއް ކަމަށެވެ.

"ކޮކާ ކޯލާ އާއި ފުޓްބޯޅަ ވަނީ ގުޅިލާމެހިފައި. ގޭގައި ތިބެގެން ރައްކާތެރިކަމާ އެކު ފުޓްބޯޅަ ބަލައިލުމުގެ ފުރުސަތު ދިވެހިންނަށް ފަހިކޮށްދިނުމަށްޓަކައި، ކޯކުގެ މީރު ރަހައިން ކާތަކެރި އިތުރަށް ފުރިހަމަކޮށްލައި އަދި އަގުހުރި އިނާމުތަކެއް ހޯދޭނެ މި ޕްރޮމޯޝަން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. ދިވެހިންނަކީ ފުޓްބޯޅައަށް ވަރަށް ބޮޑަށް ލޯބިކުރާ ބަޔަކަށް ވާއިރު، މި ފޯރީގައި ކޮކާ ކޯލާއިން ބައިވެރިވުމުން އަގުހުރު އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެން ދާނެ،" ސިންހަ ވިދާޅުވިއެވެ.

މިހާރު 135 އަހަރުވެފައިވާ ކޮކާ ކޯލާ ކުންފުނީގެ އުފެއްދުންތައް ރާއްޖޭގައި ބަންދު ކުރާ ޕާޓްނަރަކީ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއެވެ.

comment ކޮމެންޓް