ވެލިދޫގައި މަންމައަކު ދަރިފުޅަށް އަނިޔާ ކުރި މައްސަލައެއް ބަލަނީ

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނ. ވެލިދޫގައި މަންމައަކު އޭނާގެ ކުޑަ ދަރިފުޅަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނި ގޮތުގައި ވެލިދޫގައި މަންމައަކު ދަރިފުޅަށް އަނިޔާ ކުރި މައްސަލައެއް އިއްޔެ ވަނީ ހުށަހަޅާފައެވެ. އަދި ފުލުހުން ދަނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެން އެ މައްސަލަ ބަލަމުންނެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ރައްކާތެރިކަމުގެ މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް