އިންކުއަރީގައި ހުރި ކަންކަން ތަންފީޒު ކުރުމާ ބެހޭގޮތުން މަޝްވަރާ ކޮށްފި

އިންކުއަރީ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒު ކުރުމާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ، އެންއެސްސީ ގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކު ރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މޭ 6 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ)ގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، 241 ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ރެކޮމެންޑޭޝަންތަކުގެ ތެރެއިން ކުރު، މެދު އަދި ދިގު ރާސްތާގައި އަމަލުކޮށް، ތަންފީޒު ކުރަން ޖެހޭ ކަންކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މި ރެކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމަކީ، މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތަކެކެވެ.

އަދި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ އިތުރު ކަންކަމަށް އަމަލު ކުރަން ފެށުމާ ގުޅޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެންއެސްސީ މެންބަރުންނާ މަޝްވަރާ ކުރައްވާފައެވެ.

comment ކޮމެންޓް