ޖަޕާނުން ރާއްޖެއަށް ދޭ އެސްޓްރާޒެނެކާ ވެކްސިން މި މަސްތެރޭ ލިބޭނެ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރައީސް ސޯލިހު--- ފޮޓޯ/ރައީސް އޮފީސް

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރާ އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމަންޓް މި މަހުގެތެރޭ ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދެނީ އެގައުމުން ކޮވެކްސް ފެސލިޓީއަށް ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒްގެ ތެރެއިން ފޯރުކޮށްދޭ ވެކްސިނެވެ.

ޖަޕާނުން ވަނީ ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެ ހިމެނޭ ގޮތުން ޖުމްލަ 10 ގައުމަކަށް ކޮވިޑް-19 ވެކްސިން ހަދިޔާކުރަން ނިންމާފައެވެ. ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒް ބަހާލެވޭނީ އެ 10 ގައުމުގެ މެދުގައެވެ.

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވަނީ އެސްޓްރާޒެނެކާ ވެކްސިންއެވެ. އެހެންނަމަވެސް ހަދިޔާކުރަނީ ކިހާ އަދަދެއްގެ ވެކްސިނެއްކަމެއް އަދި ހާމަކޮށްފައެއްނުވެއެވެ.

comment ކޮމެންޓް