މާމިގިލީގައި ދެ ބިދޭސީންގެ މެދުގައި މާރަމާރީއެއް ހިނގައިފި

މަމިގިލި: އެރަށާއި އިތުރު ދެ ރަށެށްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލު ކުރުމަށް އަޅަން ޖެހޭ އިމާރާތުގެ ޑިޒައިން ހަދައިދޭނެ ބަޔަކު ހޯދުމަށް ވަނީ އިއުލާން ކޮށްފައި --

އދ. މާމިގިލީގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މާރާމާރީގެ މައްސަލައިގެ ރިޕޯޓް މިއަދު 14:30 ގައި ފުލުހަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން އެ މާރާމާރީ ހިނގާފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނުންގެ މެދުގައިކަމަށް ފުލުހުން ބުންޏެވެ.

އަދި އެ މާރާމާރީގައި ދެމީހުންނަށް ވެސް އަނިޔާވި ކަމަށެވެ.

ހާދިސާއާ ގުޅިގެން ދެ މީހުންނަށްވެސް މާމިގިލީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެ މާރާމާރީއާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް އަދި ސާފުވާގޮތެއް ނުވެއެވެ.

comment ކޮމެންޓް