ބެލް ބޮޓަމްގެ ޓްރެއިލާ އާންމުކޮށްފި

ޓްރެއިލާގެ މަންޒަރެއް---

މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބެލް ބޮޓަމް"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ހައިޖެކް ސްޓޯރީއަކަށް ބިނާކޮށް ގެނެސްދޭ މި ފިލްމުގެ ޓްރެއިލާ އަށް އާންމުންގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

ހަގީގީ ހާދިސާތަކުން އިންސްޕަޔާވެގެން އުފައްދާފައިވާ މި ފިލްމަކީ ސިނަމާތަކުގައި ސްކްރީންކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

ތްރީޑީކޮށް ފިލްމު ތިއޭޓާތަކުގައި އަޅުވާއިރު ފިލްމު ރިލީޒްކުރާނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

މި ފިލްމަކީ ރަންޖީތު ތިވާރީގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ ފިލްމެކެވެ.

ލާރާ ދައްތާ، ހުމާ ގްރޭޝީ އަދި އާދިލް ހުސައިން ވެސް ބެލް ބޮޓަމް އިން ފެނިގެންދާއިރު މި ފިލްމަކީ ސްޕައި ތްރިލާ ޖޯންރާގެ ފިލްމެކެވެ.

ބެލް ބޮޓަމް ގައި އަކްޝޭ އާއެކު ލީޑު ރޯލުން ފެނިގެންދާނީ ވާނީ ކަޕޫރެެވެ.

comment ކޮމެންޓް