ނަޑެއްލާއިން އެކްޓިވް ކޭސްގެ އަދަދު 112 އަށްވުރެ ދަށަށް

ގދ. ނަޑެއްލާ. --ފޮޓޯ/އައިލްސް

ގދ. ނަޑެއްލާއިން ކޮވިޑް-19 އަށް ޕޮޒިިޓިވް އެކްޓިވް ކޭސްތަކުގެ އަދަދު 112 އަށްވުރެ ދަށްވެއްޖެއެވެ.

ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝާއު "ސަން" އަށް ވިދާޅުވީ ކޮވިޑް-19 އަަށް ޖުމްލަ 200 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި ނަމަވެސް އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 112 އަށް ވުރެ މަދު މީހުންކަމަށެވެ.

"ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން ވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި. ދެން އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ރައްޔިތުންގެ ފަރާތުން ލިބެމުން ދާ އެއްބާރުލުމަށް," އޭނާ ވިދާޅުވިއެވެ.

އަދި ކޮވިޑް ހާލަތު މިވަގުތު އެ ރަށުގައި އޮތުމާއެކު އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިއެކޭވެސް އެއްގޮތަށް އަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ބޭރަށް ނިކުމެ އުޅޭ ވަގުތުތައް ކަނޑައަޅައި ހަމައެކަނި ޒަރޫރީ ބޭނުމަށް މީހުން ނިކުތުމަށް އަންގާފައިވާނެކަމަށް އަންޝާއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިވަގުތު ބަލި ހާލަތު ގޯސްވެގެން އުމުރުން ދުވަސްވީ ދެ މީހަކަށް ގދ. ތިނަދޫ ކޮވިޑް ފެސިލީޓީގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް ޖުމްލަކޮށް ބަލި މީހުންގެ ހާލު ރަނގަޅުކަމަށާއި ރަށުތެރޭގެ ހާލަތުވެސް ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް