ބަތަލާ ކިއާރާ އަށް އާ ފިލްމެއް!

ބަތަލާ ކިއާރާ އަދުވާނީ--

ބޮލީވުޑްގެ ޒުވާން ބަތަލާ ކިއާރާ އަދުވާނީ އާ ފިލްމަކަށް ސޮއިކޮށްފިއެވެ.

ކުޅަދާނަ އެކްޓަރު ސިދާތް މަލްހަތްރާގެ ލޯބިވެރިޔާ ކިއާރާ ސޮއިކުރީ ތަމަޅަ ޑައިރެކްޓަރު އެސް ޝަންކަރު ހަދާ ފިލްމަކަށެވެ.

އަދި ނަން ހާމަނުކުރާ މި ފިލްމުގައި ދެން ހަރަކާތްތެރިވާ އިތުރު ތަރިންނެއް ވެސް އަދި ހާމަކޮށްފައެއްނުވެއެވެ. މި ފިލްމުގެ ބަތަލާ އަކަށް ކިއާރާ ހަމަޖެއްސިކަން އިއުލާންކުރީ އޭނާގެ އުފަންދުވަހުއެވެ.

މި ފިލްމަށް ކިއާރާ ހަމަޖެއްސިކަން އިއުލާންކުރުމުން އޭނާ ބުނީ މިއީ އުފަންދުވަހެއްގައި އޭނާއަށް ލިބުނު އެންމެ ސަޕްރައިޒް ކަމަށާއި މިއީ ވަރަށް ރަނގަޅު ހަދިޔާއެއް ކަމަށެވެ.

މި ފިލްމުގައި އޭނާ ފެނިގެންދާނީ އެކްޓަރު ރާމް ޗަރަން އާއެކުގައެވެ.

ބަތަލާ ކިއާރާ އެންމެ ފަހުން ފެނިގެންދިޔައީ "އިންދޫ ކީ ޖަވާނީ" އިންނެވެ. އޭނާ އެންމެ އަވަހަށް ދެން ފެނިގެންދާނީ ލޯބިވެރިޔާ ސިދާތްއާއެކު ފިލްމު "ޝޭރްޝާހް" އިންނެވެ.

މި ފިލްމަކީ އެދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް