ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ސޯލާ އޮބްޒާވެޓޯރީއަށް ވޯލްޑް ހެރިޓޭޖް ސްޓޭޓަސް ދީފި

ދުނިޔޭގެ އެންމެ ގިނަދުވަސްވީ ސޯލާ އޮބްޒާވެޓޯރީއަށް ދުނިޔެގެ އާސާރީ ބިނާގެ ލަގަބު އދ. ގެ ތަރިކައާއި ސަގާފަތާއި ބެހޭ ޖަމިއްޔާ ޔުނެސްކޯއިން ދީފިއެވެ.

ޕެރޫގެ އަންކާޝް ސަހަރާގައި މީގެ 2,300 އަހަރުގެ ކުރިން ބިނާކޮށްފައިވާ ސޯލާ އޮބްޒަވޭޓަރީ "ޗަންކިލޯ"އަށް އާސާރީ ބިނާއެެއްގެ ލަގަބު ދީފާވަނީ މި މަހުގެ ތެރޭގައެވެ.

ޔުނެސްކޯއިން ޗަންކިލޯއަށް އާސާރީ ލަގަބު ދިނުމުން އެ ގައުމުގެ ސަރުކާރުންނާއި ސަގާފަތާއި ބެހޭ ޖަމިއްޔާއިން ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

ޗަންކިލޯގެ ސައިޓްގައި 20 އަހަރުވަންދެން މަސައްކަތްކުރި ޕެރޫގެ އާކިއޮލޮޖިސްޓެއް ކަމަށްވާ އިވާން ގެއްޒީ މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ އޭނާ ހުރީ ޔުނެސްކޯގެ ނިންމުމާއި މެދު ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ.

"އަހަރެން މިހުރީ ހަގީގަތުގައިވެސް ވަރަށް އުފާވެފަ. ކުރިންވެސް އިނގޭ ޔުނެސްކޯ އިން އެހާ ފުރިހަމަ ތަަނަކަށް އެ ލަގަބު ދޭނެ ކަން," އޭނޤ ވިދާޅުވިއެވެ.

އިވާން ބުނީ މި އޮބްޒާވެޓޯރީ އަކީ އިހުޒަމާނުގެ އެންމެ ފުރިހަމަ އެންމެ ފަސޭހައިން އަހަރުގެ ދުވަސްތައް ދެނެގަނެވޭ އޮބްޒަވެޓޯރީ ކަމަށާއި އެ ބިނާ އެއްވަރުކުރެވޭނެ އިހުގެ އެހެން އޮބްޒާވެޓޯރީއެއް ދިނުޔޭގައި އަދި ނެތްކަމަށެވެ.

ޗަންކިލޯ އޮބްޒާވެޓޯރީ ގެ 13 ޓަވަރު- ފޮޓޯ؛ ވާލްޑް މޮނިއުމެންޓް ފަނޑް

ހިރިގަލުން ކަނޑައިގެން ބަރިބަރިއަށް ހެދިފައިވާ 13 ޓަވަރުގެ މައްޗަށް ބިިނާކޮށްފައިވާ ޗަންކިލޯ ބިނާކޮށްފައިވަނީ 200 ބީސީއާއި 250 ވަނަ ބީސީއާ ދެމެދުގައި ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މި ޓަވަރުތަކަކީ އިހު ޒަމާނުގައި ތަރިތަކަށް ބަލައިގެން ކަލަންޑަރެއްގެ ގޮތުގެ އިތުރުން އިރުގެ ދައުރުވުމާއި ދުވަހުގެ ދިގުމިން ދިގުމިން އަންދާޒާކުރުމުގެ ގޮތުން ހެދުފައިވާ ބިނާއެކެވެ.

ޗަންކިލޯ އޮބްޒާވެޓޯރީއިން ކަލަންޑަރުގެ އެއްކޮށް ފުރިހަމަ ކުރެވޭ ވަރަށް އަންދާޒާ ކުރެވޭ ކަމަށާއި އިރުގެ ހުރިހާ ދައުރުވުމެއްވެސް ފުރިހަމަކޮށް ފެނިގެންދާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މި ސަރަހައްދުގައި ޓަވަރުތަކުގެ އިތުރުން ފައްްޅިއަކާއި ޕްލާޒާއެއް ބިނާކުރެވިފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް