"ޝޭރްޝާހް"ގެ ޓްރެއިލާ އާންމުކޮށްފި

ޓްރެއިލާގެ މަންޒަރެއް---

ބޮލީވުޑްގެ އެކްޓަރު ސިދާތް މަލްހަތްރާ ލީޑު ރޯލުން ފެނިގެންދާ ވަރުގަދަ ފިލްމު "ޝޭރްޝާހް"ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފޮއެވެ.

ސިދާތު އާ އޭނާގެ ލޯބިވެރިޔާ ކިއާރާ އަދުވާނީ ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ކުރިން ތިއޭޓާތަކުގައި ރިލީޒްކުރަން ހަމަޖެހުނު ފިލްމެއް ނަމަވެސް މިހާރު މި ފިލްމަކީ އެމެޒޯން ޕްރައިމްގައި ސްޓްރީމްކުރުމަށް ނިންމާފައިވާ ފިލްމެކެވެ.

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ މި ފިލްމަކީ ވިޝްނޫވަރުދާން ޑައިރެކްޓްކުރާ ފިލްމެކެވެ.

މި ފިލްމަކީ ސިދާތު އާމީ އޮފިސަރެއްގެ ރޯލުން ފެނިގެންދާނެ ފިލްމެކެވެ. އިންޑިއާގެ އަސްކަރީ އޮފިސަރެއް ކަމަށްވާ ވިކްރަމް ބަޓްރާގެ ބައޮގްރަފިކަލް ޑްރާމާގައި ސިދާތު ޑަބަލް ރޯލު ކުޅޭނެއެވެ. އެއީ ވިކްރަމްގެ ރޯލާއި އޭނާގެ އެއްމާބަނޑު ވިޝާލްގެ ރޯލެވެ. މި ފިލްމުގައި އަސްކަރީ އޮފިސަރު ވިކްރަމްގެ ލޯބީގެ ހަޔާތުގެ މައްޗަށްވެސް އަލިއަޅުވާލާނެއެވެ.

ޝޭރްޝާހް ވެގެންދާނީ ކިއާރާ އާއި ސިދާތު ސްކްރީނުން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ. އެހެންކަމުން ދެތަރިންގެ ފޭނުން ތިބީ އެދެމީހުންގެ ކެމިސްޓްރީ ބަލާލަން ކެތްމަދުވެފަ އެވެ.

comment ކޮމެންޓް